-
-
އިޓާލިއަން ލީގް ފެށޭނީ ޖޫން 14ގައި

އިޓާލިއަން ލީގް ފެށޭނީ ޖޫން 14ގައި

އިޓާލިއަންލީގް ދެން އަލުން ފެށޭނީ އަންނަމަހު 14 ވަނަ ދުވަހުގައި ކަމަށް އެގައުމުގެ ފުޓުބޯޅަ އިދާރާ އެފްއައިޖީސީ އިން ބުނެފި އެވެ.

ADS BY FENVARU

ކޮވިޑްގެ ސަބަބުން މާރޗްމަހު ކުރީކޮޅު މެދުކަޑާލި ޔޫރަޕް ފުޓްބޯޅަ ސީޒަންގެ ބައެއް ލީގްތައް ފަށައިގެން މިހާރުވެސް ކުރިޔަށް އެބަގެންދެއެވެ. ފްރާންސްގެ ލީގާއި، ބެލްޖިއަމްގެ ލީގު އަދި ޑަޗް ލީގުގެ އިތުރުން އާޖެންޓީނާގެ ލީގު ވެސް ވަނީ ނިންމާލައިފަ އެވެ.

ޖަރުމަންލީގް މިހާރު ފެށިގެން ކުރިޔަށްދާއިރު އިޓަލީންނާއި، ސްޕެއިނުގެ ކުލަބުތަކަށް ރަސްމީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ވަނީ ދީފަ އެވެ. އަދި މި މަހު ފަހު ކޮޅު ނުވަތަ ޖޫން ފެށޭހާ ތަނުގައި ލީގު އަލުން ފެށޭވަރު ވާނެކަމަށް ވަނީ ލަފާ ކޮށްފަ އެވެ.

އިޓާލިއަން ލީގްގެ ކުޅުން ތާވަލްކުރެވުނީ ޖޫން 13 އަށެވެ. ނަމަވެސް އިޓަލީ ސަރުކާރުގެ އެދުމުގެ މަތިން ޖޫން 14އަށް ބަދަލުކުރެވުނީއެވެ.

ރަސްމީކޮށް ޕްރެކްޓިސް ފެށުމުގެ ކުރިން ހުރިހާ ކުޅުންތެރިން ކޮވިޑްއަށް ޓެސްޓުކުރެވުނެވެ. ޕާމާގެ ދެ ކުޅުންތެރިއަކާއި، ސަމްޕްޑޯރިއާގެ ހަތަރު ކުޅުންތެރިއަކާއި، ޓޮރީނޯގެ ކުޅުންތެރިއެއްގެ އިތުރުން ފިއޮރެންޓީނާގެ ތިން ކުޅުންތެރިއަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.