-
-
އޯގަސްޓް 20 ގައި އިޓަލީ ލީގު ނިންމަނީ

އޯގަސްޓް 20 ގައި އިޓަލީ ލީގު ނިންމަނީ

މިހާރު ކުޅެމުންމިދާ ފުޓުބޯޅާ ސީޒަން އޯގަސްޓް 20 ގައި ނިންމައި، އާ ސީޒަން ސެޕްޓެމްބަރު 1 ގައި ފެށުމަށް އިޓަލީ ފުޓުބޯޅަ ފެޑެރޭޝަނުން ނިންމައިފިއެވެ.

ADS BY FENVARU

މުޅިދުނިޔެއަށް ފެތުރިފައިވާ ކޮރޯނާ ވައިރަހުގެ ސަބަބުން، މާޗު މެދުތެރޭގައި އިޓަލީ ލީގުގެ ހުރިހާ ފަންތިއެއްގެ ކުޅުން ވަނީ ހުއްޓާލައިފައެވެ. ނަމަވެސް ފެޑެރޭޝަނުން ނިންމާފައިވަނީ އެންމެ މަތީ ތިން ފަންތީގެ ކުޅުން އަލުން ފަށައި، މިހާރު ކުރިއަށްދާ ސީޒަން ނިންމުމަށެވެ.

އިޓަލީ ލީގުގެ ކުރީގައި ޕޮއިންޓެއްގެ ތަފާތުން ކްރިސްޓިއާނޯ ރޮނާލްޑޯގެ ޔުވެންޓަސް އޮތްއިރު، ދެވަނަ ގައި ލާޒިއޯ އޮތީ 62 ޕޮއިންޓާއެކު އެވެ. ޔުވެންޓަސް ގެ ކުރީގެ ކޯޗު، އެންޓޯނިއޯ ކޮންޓޭގެ އިންޓަމިލާނުން 54 ޕޮއިންޓާއެކު ތިންވަނާގައި އޮތީ ލާޒިއޯ އަށް ވުރެން އެއްމެޗު މަދުން ކުޅެގެންނެވެ.

ފެޑެރޭޝަނުން އިތުރަށް ނިންމާފައިވަނީ، ލީގު އަލުން ފެށުމަށްފަހު އަނެއްކާވެސް މެދުކަނޑާލަންޖެހިއްޖެނަމަ، ޕްލޭއޮފް ކުޅެގެންވިޔަސް މިހާރުގެ ސީޒަން ނިންމާށެވެ.

0 ޚިޔާލު