-
-
ރޯދަ ބަދިގެ: ފިހުނު ކުކުޅު

ރޯދަ ބަދިގެ: ފިހުނު ކުކުޅު

އައްސަލާމް ޢަލައިކުމް: ބަރަކާތްތެރި ރަމަޟާމް މަސް ނިމުކައް އައިއެވެ. ޢީދާއި ކައިރިމާއިރު ކުކުޅެއް ފިހެލަން ވާނެދޯއެވެ. މިއަދު މިގެނެސްދެނީ ވަރަށް މީރު ގޮތަކަށް " ފިހުނު ކުކުޅު" ތައްޔާރު ކޮށްލާނެ ގޮތުގެ ތަފްޞީލް އެވެ.

ADS BY FENVARU

އެހެން މަސްތަކާއި ޚިލާފަށް ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަކީ ދިވެހިން ވަރަށް ތަަފާތު ރަހަތަކެއް ގެންގުޅޭ މަހެކެވެ. ނަމަވެސް އެހެން އަހަރު ތަކާއި ޚިލާފަށް މިއަހަރުގެ ރަމަޟާން މަހާއި ކޮވިޑް-19 އާއި މިވަނީ ގުޅި ލާމެހިފަ އެވެ. ރާއްޖެއަށް ކުރިމަތިވެފައިވާ މި ހިތާމަވެރި ދަނޑިވަޅުގައި ހުރިހައި ބޭފުޅުންވެސް ބަސްއަހައިގެން ގޭގައި ތިއްބަވާށެވެ. އަދި ގޭގައި މަޑުކުރައވާ އިރު އެހެން އަހަރު ތަކާއި ޚިލާފަށް ރޯދަ ވީއްލުމަށާއި، ތަރާވީސް ދަމަށް އިންސާފުކޮށްލެއްވުމަށް އެއްވެސް ރެސްޓޯރެންޓްއަކަށް ވަޑައިގަތުމުގެ ފުރުޞަތެއް ނެތެވެ.

ވަގުތާއި ޙާލަތަށް ވިސްނައި، މި ދަނޑިވަޅުގައި ގޭގައި ތަރާވީސް ނަމާދު ކުރައްވައި ނިމިގެން އިންސާފުކޮށްލުމަށް މިއީ ވަރަށް ރަނގަޅު ފަރިއްކޮޅަކަށް ވެދާނެ އެވެ. ރެސްޓޯރެންޓު ތަކުން ލިބިވަޑައިގަންނަވާ ފަރިއްކޮޅަށް ވުރެ އަނގަޔަށް މީރުވެފައި ޖީބަށް ލުއިވާނެކަން ޔަޤީނެވެ. އިންސާފު ކޮށްލައްވާ ށެވެ.

ފިހުނު ކުކުޅު ތައްޔާރުކުރުމަށް ބޭނުންވާނެ ތަކެތި.

1 ކުކުޅު (ކޮށާފައި)
4 މޭޒުމަތީ ސަމުސާ ގިތެޔޮ ނުވަތަ ތެޔޮ
2 ބޮޑުފިޔާ (ކޮށާފައި)

1 މޭޒުމަތީސަމުސާ ލޮނުމެދު އިނގުރު (ޗަސްކޮށްފައި)

1 ސައިސަމުސާ ފޮނިތޮށި ކާފޫރުތޮޅި (މުގުރާފައި)
2/1 ސައިސަމުސާ ރީނދޫ
1 ސައިސަމުސާ ދިރި (މުގުރާފައި)

1 ސައިސަމުސާ އަސޭމިރުސް (މުގުރާފައި)
3 މޭޒުމަތީސަމުސާ ހަނާކުރިހަވާދު

1 މޭޒުމަތީސަމުސާ ހިކި މިރުސް

1 ސައިސަމުސާ މަސްޓަރޑް ކްރީމް

2 މޭޒުމަތީސަމުސާ ޓޮމާޓޯ ޕޭސްޓް

1 މޭޒުމަތީސަމުސާ ޗިލީ ސޯސް

1 ލުނބޯ

ހިކަނދިފަތް، ރާނބާފަތް
ލޮނު
ފިހުނު ކުކުޅު ތައްޔާރު ކުރާއްވާނެ ގޮތް.

ކުކުޅު ހެޔޮވަރު ވަރުގެ ބުރިއަށް ބުރިކުރައްވާށެވެ. ހަވާދު، ރޯމިރުސް، އަސޭމިރުސް، ލޮނުމެދު، އިނގުރު، ލޮނު އަދި ޕޭސްޓް ރަނގަޅައް އެއްކޮށްފައި ކުކުޅުމަސްތަކުގައި ހާކާލާށެވެ. އަދި 15 މިނިޓް ވަންދެން މަތި ޖަހާފައި ބަހައްޓަވާ ށެވެ. ދެން ގިތެޔޮ ނުވަތަ ތެޔޮފޮދު ހޫނު ކުރެއްވުމަށްފަހު، ފިޔާކޮޅާއި، ހިކަނދިފަތް، ރާނބާފަތް އެއްކޮށް ލެއްވުމައްފަހު މޯޅިވުމުން ބާކީ ހުރި ހުރިހާ އެއްޗެއް އެއްކޮލައްވާ ށެވެ. އެއައްފަހު ހަވާދު ލައިފައި ހުރި ކުކުޅު ތަކުގެ މައްޗައް އަޅާލުމައްފަހު ރަނގަޅައް އެއްކޮށްލާ ށެވެ.

އެއަށް ފަހު އަވަނަށް ލާށެވެ. ރަނގަޅަށް ފިހެވެންދެން އަވަނުގައި ބަހައްޓައި ކުކުޅުކޮޅު ރަތްވީމައި ނަންގަވާ ށެވެ.

0 ޚިޔާލު