-
-
މަނީޝާ ކޮއިރާލާ އަކީ ކާންދޭއަތުގައި ދަތްއަޅާ މީހެއް ކަމަށް ބުނެފި

މަނީޝާ ކޮއިރާލާ އަކީ ކާންދޭއަތުގައި ދަތްއަޅާ މީހެއް ކަމަށް ބުނެފި

ބޮލީވުޑްގެ މަޝްހޫރު ބަތަލާ މަނީޝާ ކޮއިރާލާ "ކާންދިން އަތުގައި ދަތް އަޅައިފި" ކަމަށް ބުނެ އިންޑިޔާގެ މީޑިޔާ އަދި އިންޑިޔާގެ ރައްޔިތުން ދަނީ އޭނާއަށް ފާޑުކިޔަމުންނެވެ.

ADS BY FENVARU

މަނީޝާ އަކީ ނޭޕާލްއަށް އުފަން މީހެއް ކަމުން، އިންޑިޔާ ސަރުކާރުން ނޭޕާލްގެ ބިމުން ބައެއް ވެރިކުރަން އުޅުމާއި ދެކޮޅަށް އޭނާ ވަނީ އަޑުއުފުލާފައެވެ. އެހެންކަމުން އިންޑިޔާގެ ރައްޔިތުންގެ ފަރާތުން އޭނައަށް ނުރުހުމުގެ ބަސް ރައްދުވަމުން އެބަދެއެވެ.

ނޭޕާލްގެ ބިމުން ބައެއް ކަމުގައިވާ ލިމްޕިޔަދުރާ، ލިޕުލޭކް، އަދި ކަލަޕަނީ އިންޑިއާގެ ބަޔަކަށް ހެދުމަށް އެޤައުމުގެ ސަރުކާރުން ހުށަހެޅުމާއި މަޝްވަރާކުރުމަށް ގޮވާލި ގޮވާލުމަށް ނޭޕާލްގެ ބޮޑު ވަޒީރު ކޭޕީ ޝަރްމާ އޯލީ ވަނީ ދެކޮޅު ހަދާ ބިން ދިނުމަށް ދެކޮޅު ހަދާފައެވެ.

ނޭޕާލްގެ ބިން އަތުލަން މަސައްކަތް ނުކުރުމަށާއި ސުލްޙަ މަސަލަސްކަން ދެމެހެއްޓުމަށް ގޮވާލާ ނޭޕާލްގެ ފޮރެން މިނިސްޓަރ ޕްރަދީޕް ގަވާލީ ކުރި ޓްވީޓަށް ވެސް މަނީޝާ ވަނީ ފާޅުގައި ތާއީދުކޮށްފައެވެ.

މަނީޝާ އިންޑިޔާގައި ދިރިއުޅެމުން އަދި އިންޑިޔާގައި މަސައްކަތް ކުރަމުން އައިސް ކާމިޔާބީ ހާސިލްކޮށްފައިވާއިރު އިންޑިޔާއާ ދެކޮޅަށް ގޮސް ކާންދޭ އަތުގައި ދަތް އަޅާ މީހެއް ކަމަށާއި ޝުކުރުވެރި ނުވާ މީހެއް ކަމުގައިވެސް އިންޑިއާއިން ދަނީ ބުނަމުންނެވެ.
މަނީޝާގެ މިއަމަލުތައް ބަލައިނުގަނެވޭނެކަމަށް އިންޑިޔާއިން ބުނެފައިވެއެވެ. އަދި އިންޑިއާއާއި ދެކޮޅު ނުވުމަށް މީހުންދަނީ ގޮވާލަމުންނެވެ.

މަނީޝާ ކޮއިރާލާގެ ކާފައަކީ ނޭޕާލްގެ ކުރީގެ ބޮޑު ވަޒީރު ބިޝްވެޝްވަރް ޕްރަސާދް ކޮއިރާލާ އެވެ.

0 ޚިޔާލު