-
-
ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ވަރަށްބޮޑަށް ސަމާލުވޭ: މެޓް އޮފީސް

ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ވަރަށްބޮޑަށް ސަމާލުވޭ: މެޓް އޮފީސް

ދިވެހިރާއްޖޭގެ މޫސުމާއިބެހޭ ޤާއުމީ އިދާރާއިން ހއ.އަތޮޅުން ފެށިގެން މ.އަތޮޅަށް ޔެލޯ އެލާޓް ނެރުއްވައިފި އެވެ.

ADS BY FENVARU

މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވިދާލޅުވީ މިއަދު ހަވީރު 17:00 އިން ފެށީގެން މިރޭ 21:00 އާއި ހަމައަށް ހއ.އަތޮޅުން ފެށިގެން މ.އަތޮޅާއި ހަމައަށް ބޯކޮށް ވާރޭވެހުމާއި އެކު ގުގުރާނެކަށް ލަފާކުރައްވާ ކަމުގައެވެ. އަދި ގަޑިއަކު 25 މޭލާއި 30 މޭލަށް ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވާނެ ކަމަަށް ލަފާކުރައްވާކަމުގަ އެވެ.

އެ އިދާރާއިން ވިދާޅުވީ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހެނޭ ކަމަށް ލަފާކުރެވޭ ކަމުގަ އެވެ.

މޫސުމާބެހޭ ޤައުމީ އިދާރައިން ވިދާޅުވީ ރާއްޖޭގެ ބޮޑުބަޔަށް ވިއްސާރަކުރާނެކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމުގަ އެވެ.

"އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވުން އެކަށީގެންވޭ" މޫސުމާބެހޭ ޤައުމީ އިދާރާ އިން ވިދާޅުވި އެވެ.ރާއްޖޭގެ ކަނޑުތަށް އާންމުގޮތެއްގައި ގަދަ ވާނެކަމަށާއި ވިލާގަނޑުގައި އިތުރަށް ގަދަވެގެންދާނެކަމަށް އެ އިދާރާއިން ވަނީ ލަފާކުރައްވާފަ އެވެ.

މޫސުމާބެހޭ ޤާއުމީ އިދާރާއިން ވިދާޅުވީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމުގައެވެ. އެހެން ކަމުން އާންމުކޮށް ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަކީ އެދެވިގެންވާ ކަމެއްކަމުގައި އެ އިދާރާއިން ހާމަކުރެއްވި އެވެ.