-
-
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދަ އެރުން އެކަށީގެންވޭ: މެޓް އޮފީސް މޫސުމް ގޯސްވެ އުދައަރަނީ--- ފޮޓޯ/މީސްމީޑިއާ

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދަ އެރުން އެކަށީގެންވޭ: މެޓް އޮފީސް

ކުރިއަށް އޮތް ދެދުވަހު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މޫސުމް ގޯސްވާނެކަމަށް ލަފާކުރެވޭތީ ހުރިހައި ފަރާތަކުންވެސް މިސުމަށް ސަމާލުވުމަށް މޫސުމާއިބެހޭ ޤައުމީ ޢިދާރާއިން އިލްތިމާސްކުރައްވައިފި އެވެ.

ADS BY FENVARU

މޫސުމާބެހޭ ޤައުމީ އިދާރާގެ ވިދާޅުވީ މިދިޔަ ހަފްތާއިން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށްކުރަމުން މިދާ ވިއްސާރަ މިމަހުގެ 22، 23 ވަނަ ދުވަހުވެސް މުޅި ރާއްޖެ އަަށްވެސް ކުރާނެކަމަށް ލަފާކުރައްވާ ކަމުގައެވެ.

ރާއްޖޭގެ އިތުރުގެ އަތޮޅުތަކަށް ގަދަ ވަޔާއި އެކު ވިއްސާރާ އަންނާނެ ކަމަށާއި މެދުތެރޭގެ އަތޮޅުތަކަށް ގުގުރުމާއި އެކު ވިއްސާރައަންނާނެ ކަމަށްވެސް އެ އިދާރާއިން ލަފާކުރައްވައެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރައްވާ ކަމަށްވެސް އެ އިދާރާއި ވިދާޅުވި އެވެ،

ބޯކޮށް ވާރޭވެހުމާއެކު ކަނޑު ގަދަވެ 55 މޭލަށް ވައިބާރުވާނެކަމަސް ލަފާކޮށް، ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ވަނީ ޔެލޯ އެލާޓް ނެރެފައެއެވެ.

ދެކުނުގެ އަތޮޅުތަކަށް މިއަދު މޫސުމް ރަނގަޅުނަމަވެސް މާދަމާއިން ފެށިގެން އެސަރަހައްދަށް އަނެއްކާވެސް މޯސުން ގޯސްވާނެކަމަށް ބޮޑަށް ލަފާކުރެވޭކަމަށްވެސް މޫސުމާބެހޭ ޤައުމީ ޢިދާރާއިން ވިދާޅުވި އެެވެ.

މެޓް އޮފީހުން ވިދާޅުވީ ކުރިއަށް އޮތް ދެދުވަހުވެސް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ވައިބާރުވާނެކަމަށާއި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ކޮންމެ ސަރަހައްދަކަށްވެސް އުދައަރާފާނެކަމަށް ލަފާކުރެވޭތީ ހުރިހައި ފަރާތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފަ އެވެ.

މީގެ އިތުރުން ކަނޑުތައް އާންމުކޮށް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަސް ސަމާލުވުމަށްވެސް އެ އިދާރާއިން ވަނީ  އިލްތިމާސްކުރައްވާފަ އެވެ.

މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ރާޅުގެ އުސްމިން 5 ފޫޓާއި 7 ފޫޓަށް އަރާނެ ކަމުގައެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށާއި ބޯކޮށްވާރޭވެހި ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ ހުރިހައި ފަރާތަކުންވެސް މޫސުމަށް ސަމާލުވުމަށް ވެސް މޫސުމާއިބެހޭ ޤާއުމީ އިދާރާއިން ވަނީ އިލްތިމާސް ކުރައްވާފަ އެވެ.