-
-
މާދަމާއިން ފެށިގެން ޖަމާއަތުގައި ނަމާދުކުރަން ފަށަނީ

މާދަމާއިން ފެށިގެން ޖަމާއަތުގައި ނަމާދުކުރަން ފަށަނީ

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހުރިހައި މިސްކިތެއް ބަންދުކުރުމަށްފަހު ލޮކްޑައުން ނުކުރާ ރަށްރަށުގައި މާދަމާގެ ހުކުރު ނަމާދުން ފެށިގެން ޖަމާޢަތުގައި ނަމާދުކުރުމުގެ ހުއްދަ ދެއްވައިފި އެވެ.

ADS BY FENVARU

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިސްލާމިކް މިނިސްޓަރު ޑރ.އަޙުމަދު ޒާހިރު ވިދާޅުވީ މިސްކިތްތައްހުޅުވުމާއި ބެހޭގޮތުން ޞިއްހީ މާހިރުންނާއި މަޝްވަރާކުރެއްވި ކަމަށާއި، އެބޭފުޅުން ލަފާދެއްވީ މިސްކިތްތައް ހުޅުވުން އެންމެ ރަނގަޅުކަމުގަ އެވެ. ނަމަވެސް ރައްކައުތެރިކަމުގެ ގޮތުން ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ޖެހޭނެ ކަމަށާއި އެ ފިޔަވަޅުތައް އެޅުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެކަމަށް ޞިއްޙީ މާހިރުން ލަފާދެއްވާފައި ވާކަމަށްވެސް މިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ މާދަމާ ހުކުރު ނަމާދައްފަހު ޖަމާޢަތުގައި ނަމާދު ކުރުމުގެ ހުއްދަ ދިނުމަށް ނިންމާފައިވަނީ ކަނޑައަޅާ ވަކި ރައްރަށެއް ކަމުގައެވެ.

މިނިސޓަރ ވިދާޅުވީ މިބަލިން ރައްކައުތެރިވެވޭނީ ޑޮކަޓަރުން ދެއްވާލަފާގައި ހިފައިގެން ކަމަށާއި، ޑޮކްޓަރުން ލަފާދެއްވާފައިވަނީ މިސްކިތަށް ދާއިރު ގެއިން ވުޟޫ ކޮށްގެން މިސްކިތައް ދިއުމަށާއި ޢުމުރުން ދުވަސްވީ މީހުން މިސްކިތަށް ނުދިއުމަށާއި، ރޯގާޖެހި ކިނބިހި އަޅާމީހަކުނަމަ މިސްކިތަށް ނުދިއުމާއި، މިސްކިތުގައި ގިނަވަގުތު ހޭދަ ނުކުރުމަށެވެ. އަދި ކޮންމެ ބޭފުޅަކުވެސް މިސްކިތަށް ވަޑައިގަންނަވާއިރު މުސައްލަ ހިފައިގެން މިސްކިތައްވަޑައިގެންނެވުމާއި، މިސްކިތުގައި ކާޕެޓް އަޅާފައި ނުބޭއްވުން ޑޮކްޓަރުން ލަފާދެއްވާފއިވާކަމަށްވެސް އިސްލާމިކް މިނިސްޓަރ ވިދާޅުވި އެވެ.

މިކަމާއި ގުޅިގެން އިތުރު ތަފްޞީލް ދެއްވަމުން އިސްލާމިކް މިނިސްޓަރ ވިދާޅުވީ މިސްކިތަށް ވަޑައިގަންނަވާއިރު މާސްކު ބޭނުން ކުރެއްވުމަށްވެސް ޑޮކްޓަރުން ލަފާ ދެއްވާފައިވާކަމުގަ އެވެ.

މިނިސްޓަރު ވިދާޅުވީ ކަނޑައެޅޭ ވަކި ރަށްތަކުގައި މާދަމާ ހުކުރު ނަމާދުގެ ޖަމާއަތަށް މިސްކިތްތައް ހުޅުވާލާނެ ކަމުގަ އެވެ. އެ ރަށްށަކީ އެޗްޕީއޭގެ މޮނިޓަރިންގެ ޙާލަތަށް ގެނެސްފައި ނުވާ ރަށްރަށް ކަމަށްވެސް އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.

0 ޚިޔާލު