-
-
މަނަދޫއިން ކޮވިޑް ޖެހި ރަނގަޅުވި މީހަކު މަރުވެއްޖެ

މަނަދޫއިން ކޮވިޑް ޖެހި ރަނގަޅުވި މީހަކު މަރުވެއްޖެ

ކޮވިޑް ޖެހި ރަނގަޅުވެފައިވަނިކޮށް 80 އަހަރުގެ މަނަދޫ އަންހެންމީހަކު މަރުވެއްޖެއެވެ.

ADS BY FENVARU

މިއަންހެންމީހާ ކޮވިޑް އިން ރަނގަޅުވެފައިވާކަން ހާމަކޮށްފައިވަނީ މިމަހު 18 ވަނަ ދުވަހުގައެވެ. މި އަންހެންމީހާ މަރުވީ މިއަދު ހަވީރު ސިއްޚީ އެހެން މައްސަލައަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށްނެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިއަންހެންމީހާ ނ.އަތޮޅު ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު މާލެ ގެނެސް އައިޖީއެމްއެޗް އިން ޓެސްޓު ހެދިއިރު ވަނީ ކޮވިޑްއަށް ފައްސިވެފައެވެ. މިމީހާއާ މަނަދޫން ކޮންޓެކްޓްވި 9 މީހަކު މިވަނީ ކޮވިޑްއަށް ފައްސިވެފައެވެ.

ރާއްޖޭގައި ކޮވިޑް ޖެހި ރަނގަޅުވި މީހުންގެ އަދަދު މިހާރު މިވަނީ 104 އަށް އަރާފައެވެ.

1 ޚިޔާލު

Anonymous

InnA lillah wainn I ilaihi Raajioon