-
-
އައްޑޫ ސިޓީ ގައި ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުން ރަޖިސްޓްރީކުރަނީ

އައްޑޫ ސިޓީ ގައި ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުން ރަޖިސްޓްރީކުރަނީ

އައްޑޫ ސިޓީގައި ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން އަމިއްލަ ޤައުމަށް އެނބުރި ދިއުމަށް ބޭނުންވާ ބަންގްލަދޭޝް ރައްޔިތުން ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި އެވެ.

ADS BY FENVARU

އައްޑޫ ސިޓީކައުންސިލުން ހާމަކުރެއްވި ގޮތުގައި އެ ސިޓީގައި ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން އަމިއްލަ ޤައުމަށް އެނބުރި ދިއުމަށް ބޭނުންވާ ބަންގްލަދޭޝް ރައްޔިތުން އައްޑޫ ސިޓީގައި ތިބިކަން ވަނީ ފާހަގަކުރެވިފަ އެވެ.

އައްޑޫ ސިޓީގައި ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން އަމިއްލަ ޤައުމަށް އެނބުރި ދިއުމަށް ބޭނުންވާ ފަރާތްތައް އައްޑޫގެ އަވަށްތަކުގައި ޤާއިމްކުރެވިފައިވާ ސޯޝަލް ސަޕޯޓް ޑެސްކް (އެސްއެސްޑީ) ތަކުގައި 2020 މޭ 25 ވަނަ ދުވަހުގެ 20:00 ގެ ކުރިން ރަޖިސްޓަރީ ކުރުމަށް ސިޓީކައުންސިލުން ވަނީ ދަންނަވާފަ އެވެ.

އެ ކައުންސިލުން ހާމަކުރެއްވި ގޮތުގައި އައްޑޫ ސިޓީއަށް ބަންގްލަދޭޝް ރައްޔިތުން ގެންގޮސްފައިވާ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކަށްވެސް އެއަވަށެއްގެ އެސްއެސްޑީ ތަކުގައި ބަންގްލަދޭޝް ރައްޔިތުން ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފަ އެވެ.

މީގެ އިތުރުން، އަމިއްލަ ޤައުމަށް އެނބުރި ދިއުމަށް ބޭނުންވާ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން ލިޔެކިޔުން ފުރިހަމަނުވާ ފަރާތްތަކަށްވެސް ރަޖިސްޓަރީވުމުގެ ފުރުޞަތު އޮންނާނެކަމަށްވެސް އައްޑޫ ސިޓީކައުންސިލުން ބުނެ އެވެ.

އައްޑޫ ސިޓީކައުންސިލުން ވަނީ އެ ސިޓީގެ އަވާސްތަކުގައި ޤާއިމް ކޮށްފައިވާ އެސްއެސްޑީ ތަކުގައި ރަޖިސްޓަރީކުރުމަށް ގުޅުއްވާނެ ފޯނު ނަމްބަރުވެސް ހާމަކުރައްވާފައެވެ.

0 ޚިޔާލު