-
-
މިސްކިތަށް ދިއުމުގައި ރައްކާތެރިވުމަށް އިލްތިމާސްކޮށްފި

މިސްކިތަށް ދިއުމުގައި ރައްކާތެރިވުމަށް އިލްތިމާސްކޮށްފި

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭޣެ ހުރިހައި ރަށެއްގެ މިސްކިތްތައް ބަންދުކޮށްފައި ބެހެއްޓުމަށްފަހު ލޮކްޑައުންގައި ނުވަތަ މޮނިޓަރިންގެ ޙާލަތުގައި ނެތް ހުރިހާ ރަށްރަށުގައި މިއަދުގެ ހުކުރު ނަމާދުން ފެށިގެން ޖަމާޢަތުގައި ނަމާދުކުރަން ފެށުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ހުއްދަ ދެއްވުމާއި ގުޅިގެން އައްޑޫ ސިޓީގެ މިސްކިތް ތައްވެސް އާއްމުކޮށް ހުޅުލައިދފި އެވެ.

ADS BY FENVARU

އައްޑޫ ސިޓީކައުންސިލުން ހާމަކުރެއްވި ގޮތުގައި ކޮވިޑް-19 އާއި ގުޅިގެން ލޮކްޑައުންގައި އަދި މޮނިޓަރިންގެ ޙާލަތުގައި ނެތް ހުރިހާ ރަށްތަކެއްގައި މިއަދުގެ ހުކުރު ނަމާދުން ފެށިގެން ޖަމާޢަތުގައި ނަމާދުކުރަން ފެށުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ނިންމެވުމާއި ގުޅިގެން އެ ސިޓީގެ މިސްކިތްތައްވެސް ވަނީ ހުޅުވާލާފަ އެވެ.

އައްޑޫސިޓީގެ މިސްކިތް ތަކުގައި މިއަދުގެ ހުކުރު ނަމާދުން ފެށިގެން ޖަމާޢަތުގައި ނަމާދު ކުރާ ގޮތަށް ހަމަޖައްސާފައި ވީނަމަވެސް މިސްކިތުގައި ޖަމާޢަތުގައި ނަމާދު ކުރާއިރު ސަމާލުކަން ދޭންވީ ކަންތައް އެ ކައުންސިލުން ވަނީ  އާއްމު ކުރައްވާފައެވެ.

ގެއިން ވުޟޫކޮށްގެން މިސްކިތަށް ދިއުން

މާސްކު އަޅައިގެން މިސްކިތަށް ދިއުން

ގެއިން މުސައްލަ ހިފައިގެން މިސްކިތަށް ދިއުން

އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނުދިއުން

ރޯގާޖެހި، ކެއްސާ ކިނބިހި އަޅާނަމަ މިސްކިތަށް ނުދިއުން

މިސްކިތުގައި ގިނަ ވަގުތު ހޭދަނުކުރުން

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިސްލާމިކް މިނިސްޓަރު ޑރ.އަޙުމަދު ޒާހިރު ވިދާޅުވީ މިސްކިތްތައްހުޅުވުމާއި ބެހޭގޮތުން ޞިއްހީ މާހިރުންނާއި މަޝްވަރާކުރެއްވި ކަމަށާއި، އެބޭފުޅުން ލަފާދެއްވީ މިސްކިތްތައް ހުޅުވުން އެންމެ ރަނގަޅުކަމުގަ އެވެ. ނަމަވެސް ރައްކައުތެރިކަމުގެ ގޮތުން ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ޖެހޭނެ ކަމަށާއި، އެ ފިޔަވަޅުތައް އެޅުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެކަމަށް ޞިއްޙީ މާހިރުން ލަފާދެއްވާފައި ވާކަމަށްވެސް މިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ ހުކުރު ނަމާދައްފަހު ޖަމާޢަތުގައި ނަމާދު ކުރުމުގެ ހުއްދަ ދިނުމަށް ނިންމާފައިވަނީ ކަނޑައަޅާ ވަކި ރައްރަށަކަށް ކަމުގައެވެ.