-
-
ކޮވިޑް-19: ކޮވިޑާއި ގުޅިގެން ޢަމަލުކުރަންވީ ގޮތުގެ ތަފްސީލު އައްޑޫ ސިޓީ ކައުންސިލުން ޢާއްމުކޮށްފި ހިތަދޫގައި ހުންނަ އައްޑޫ ސިޓީކައުންސިލް އިދާރާ--- ފޮޓޯ/އައްޑު ސިޓީ ކައުންސިލް

ކޮވިޑް-19: ކޮވިޑާއި ގުޅިގެން ޢަމަލުކުރަންވީ ގޮތުގެ ތަފްސީލު އައްޑޫ ސިޓީ ކައުންސިލުން ޢާއްމުކޮށްފި

އައްޑޫ ސިޓީގައި ހިންގާ ފިހާރަތަށް ހުޅުވާ ގަޑިތަކާއި ޑެލިވަރީ ކުރުމުގެ ޚިދުމަތް ނަންގަވާފައި ފަރާތްތަކަށް އެކަމަށް ކަނޑައެޅިފައިވާ ވަގުތު އިތުރުކޯށްދެއްވައި އެކަން އާއްމު ކުރައްވައިފި އެވެ.

ADS BY FENVARU

އައްޑޫ ސިޓީ ކައުންސިލުން ހާމަކުރެއްވި ގޮތުގައި ފިހާރަތައް ހުޅުވުމަށް ކަނޑައަޅާފައިވާ ވަގުތު އިތުރުކުރުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން  ފިހާރަތައް ހުޅުވައިގެން ޚިދުމަތް ދެމުން ގެންދަންވާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 06:00 އިން 18:00 އަށެވެ. އަދި ހުކުރު ދުވަހު  ހެނދުނު 06:00 އިން މެންދުރު 11:00 އަށް، އަދި 13:30 އިން 18:00 އަށް ކަމަށް ވެސް އެ އިދާރާއިން ވަނީ އަންގަވާފަ އެވެ.

"މިވަގުތުތައް ފިޔަވައި އެހެން ވަގުތުތަކުގައި އެއަވަށެއްގެ ސޯޝަލް ސަޕޯރޓު ޑެސްކުގައި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށް ޑެލިވަރީގެ ޚިދުމަތް ދެވޭނެ" އައްޑޫ ސިޓީކައުންސިލުން ވިިދާޅުވި އެވެ.

އެ ކައުންސިލުން ހާމަކުރައްވާ ގޮތުގައި ވިޔަފާރިކުރުމުގެ ބޭނުމަށް އެއްއަވަށުން އަނެއްއަވަށަށް ދަތުރުފަތުރުކުރުމާއި، ޢާއްމު ފަރާތްތަކުންނާއި ވިޔަފާރިތަކުން ވިޔަފާރިކުރުމުގައި އަމަލުކުރާނެގޮތުގެ ގައިޑްލައިންއާއި އެއްގޮތަށް ހުރިހާ ފަރާތްތަކުން ޢަމަލުކުރަމުން ގެންދިއުމަށްވެސް އެ އިދާރާއިން ވަނީ ދަންނަވާފަ އެވެ.

  ވިޔަފާރިތަކުން ޢަމަލުކުރަންޖެހޭ ކަންތައްތައް:

(ހ) ނިސްބަތުން ބޮޑެތި ފިހާރަތަކުން ޚިދުމަތް ދިނުމުގައި ގިނަ ކަސްޓަމަރުން އެއްފަހަރާ ފިހާރައިގެ ތެރެއަށް ވެއްދުމުގެ ބަދަލުގައި ގިނަވެގެން 4 ކަސްޓަމަރުން ނުވަތަ އެފިހާރައެއްގެ ބޮޑުމިނަށް ބަލައި އެސް.އެސް.ޑީ ތަކުން ހުއްދަދޭ އަދަދަކަށް މީހުން ވެއްދުމަށް އިޚްތިޔާރުކުރާށެވެ. އަދި މިގޮތުން އިޚްތިޔާރުކުރުމުގައި އެއްފަހަރާ އެކުގައި ވަދެ އުޅޭ ކަސްޓަމަރުންނަށް މަދުވެގެން 3 ފޫޓުގެ ގައިދުރުކުރުން ބެހެއްޓޭނެ ފަދަޔަކުން ކަސްޓަމަރުން ވެއްދުމަށް އިންތިޒާމްތައް ހަމަޖައްސާފައި ހުރުން؛

(ށ) ނިސްބަތުން ކުދި ފިހާރަ (ކަންމަތީ ފިހާރަ) ތަކުން ޚިދުމަތް ދިނުމުގައި ގިނަ ކަސްޓަމަރުން އެއްފަހަރާ ފިހާރައިގެ ތެރެއަށް ވެއްދުމުގެ ބަދަލުގައި ގިނަވެގެން 2 ކަސްޓަމަރުން ވެއްދުމަށް އިޚްތިޔާރުކުރާށެވެ. އަދި މިގޮތުން އިޚްތިޔާރުކުރުމުގައި އެއްފަހަރާ އެކުގައި ވަދެ އުޅޭ ކަސްޓަމަރުންނަށް މަދުވެގެން 3 ފޫޓުގެ ގައިދުރުކުރުން ބެހެއްޓޭނެ ފަދަޔަކުން ކަސްޓަމަރުން ވެއްދުމަށް އިންތިޒާމްތައް ހަމަޖައްސާފައި ހުރުން؛

(ނ) ކަސްޓަމަރުންނާއި ފިހާރައިގެ ކޭޝިޔަރުންނާއި ދެމެދު 3 ފޫޓަށް ވުރެ ދުރުގައި ތިބެ މުޢާމަލާތްކުރެވޭނެގޮތް ހަމަޖައްސާފައި ހުރުން؛

(ރ) ފިހާރައިގައި މަސައްކަތްކުރާ ފަރާތްތަކަށް ހޭންޑް ސެނަޓައިޒް ނުވަތަ އަތްދޮވެވޭނެ އިންތިޒާމް ހަމަޖައްސާފައިހުރުން؛

(ބ) ފިހާރައަށްދާ ފަރާތްތަކަށް ހޭންޑް ސެނަޓައިޒް ނުވަތަ އަތްދޮވެވޭނެ އިންތިޒާމް ފިހާރައިން ހަމަޖައްސާފައި ހުރުން، ނުވަތަ ކަސްޓަމަރުން ފިހާރައަށް ދިއުމުން ފިހާރައިގެ ދޮރު ހުޅުވުމަށް ފިހާރައިން މީހަކު ހަމަޖައްސާފައި ހުރުން؛

(ޅ) ފިހާރައިގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކުވެސް ޚިދުމަތްދޭ ގަޑީގައި މާސްކު އަޅައި އަންގިލައްވައިގެން ހުރުން. އަދި އަމިއްލަ ސާފުތާހިރުކަމަށް ސަމާލުކަންދިނުން؛

(ކ) ކަސްޓަމަރުން އޯޑަރކުރުމުން އެ ކަސްޓަމަރު އަންނަ ގަޑިއަށް މުދާ ތައްޔާރަށް ބެހެއްޓުން؛

(އ) ފިހާރަތަކުން ގަންނަ ތަކެއްޗަށް ފައިސާ ދެއްކުމުގައި އޮންލައިން އިންތިޒާމްތައް ހަމަޖައްސާފައި ހުރުން؛ އަދި އެކައުންޓަށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމް (ބޭންކް ޓްރާންސްފަރ) ހަމަޖެހިފައިވާނަމަ، އެކައުންޓްގެ ތަފްޞީލު ފަސޭހައިން ފެންނާނެހެން ފިހާރަތަކުގައި ބެހެއްޓުން؛

(ވ) ކޮންމެ ދުވަހެއްގެވެސް ވިޔަފާރި ވަގުތު ނިމުމުން، ފިހާރައިގެ ތަޅުންގަނޑާއި ކަސްޓަމަރުން އަތްޖެހޭ ތަންތަން ހެލްތް ޕޮރެޓެކްޝަން އެޖެންސީގެ ގައިޑްލައިނާއި އެއްގޮތަށް ޑިސްއިންފެކްޓްކުރުން؛

(މ) ފިހާރައަށް އަންނަ ކަސްޓަމަރުންގެ ކިއު ހަދަންޖެހޭނަމަ ފިހާރައިގެ ބޭރުގައި ކިއު ރޮނގު ދަމައި ކިއު ހެދުމުގެ އިންތިޒާމްކުރަންވާނެއެވެ.

  ވިޔަފާރިކުރުމަށް ފިހާރަތަކަށްދާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ ކަންތައްތައް:

(ހ) ގެއިން ވިޔަފާރިކުރުމަށް ފިހާރަތަކަށްދާއިރު މާސްކް އަޅައިގެން ދިއުން؛

(ށ) އޮންލައިންކޮށް ތަކެތި ގަނެވޭނަމަ، އެގޮތް އިޚްތިޔާރުކުރުން؛

(ނ) މުދާ ވިއްކާ ފިހާރައަކީ ދުރާލާ ގުޅައިގެން އޯޑަރުދެވޭ އިންތިޒާމް ހަމަޖެހިފައިވާ ފިހާރައެއްނަމަ، ދުރާލާ ގުޅައިގެން އޯޑަރު ދިނުމަށްފަހު ފިހާރައަށް ދިޔުން؛

(ރ) ގަންނަންޖެހޭ ތަކެތީގެ ލިސްޓެއް ދުރާލާ އެކުލަވާލުން؛

(ބ) ގެއިން ވިޔަފާރިކުރުމަށް ފިހާރައަށްދާއިރު އަމިއްލަ ކޮތަޅު ގެންދިއުން؛

(ޅ) ފިހާރައިގެ ބޭރުގައި ކިއު ހަދަންޖެހިއްޖެނަމަ، މަދުވެގެން 3 ފޫޓުގެ ގައިދުރުކަން ބެހެއްޓުން؛

(ކ) ބަލިވެ އުޅޭނަމަ ނުވަތަ ބައްޔެއްގެ ޢަލާމާތް ހުރި ފަރާތްތަކުން ފިހާރަތަކަށް ނުދިއުން؛

(އ) އެއްގޮތަކަށްވެސް ކުޑަކުދިން ފިހާރަތަކަށް ނުގެންދިޔުން؛

(ވ) ކޮންމެހެން ދާންޖެހިގެން ނޫނީ ދޮށީ އުމުރުގެ މީހުން އަދި ދިގު މުއްދަތަށް ބޭސްކުރާ މީހުން ފިހާރަތަކަށް ނުދިއުން؛

(މ) މަގުމައްޗަށް ނުކުމެ އުޅޭއިރު، ހުރިހާ ވަގުތެއްގައިވެސް މަދުވެގެން 3 ފޫޓްގެ ގައިދުރުކަން ބެހެއްޓުން؛

(ފ) ފިހާރައަށް ދާން ނުކުންނަންވާނީ ސައިބޯނި ލައިގެން އަތްދޮވެގެންނެވެ. އަދި އިޚްތިޔާރުކުރަނީ ސެނިޓައިޒްކުރަންނަމަ، އަމިއްލަ ސެނިޓައިޒަރ ޚިޔާރުކުރުން؛

(ދ) ފިހާރަތެރޭގައި ހުންނަ ތަންތަނުގައި ނުވަތަ ސަރފެސްތަކުގައި އަތްނުލުމަށް ސަމާލުކަންދިނުން؛

(ތ) ގަންނަން ބޭނުންވާ މުދަލުގައި އެކަނި އަތްލުމަށް ސަމާލުކަންދިނުން؛

(ލ) ފިހާރަތެރޭގައި މީހުންނާ މުޢާމަލާތްކުރުމަށް މަޑުނުކުރުން؛

(ގ) ފިހާރަތަކުން ގަންނަ މުދަލަށް ފައިސާ ދެއްކުމުގައި އޮންލައިންކޮށް ފައިސާ ދެއްކުމަށް އިސްކަންދިނުން.

  ފިހާރަތަކުން ތަކެތި ގަތުމަށްފަހު އަންނަނިވި ކަންކަމަށް ސަމާލުކަންދިނުން:

(ހ) ތަކެތި ގަތުމަށްފަހު ލަސްނުކޮށް ފިހާރައިން ނުކުމެގެން ގެޔަށްދިޔުން. އަދި ގެއަށްދާ މަގުމަތީގައި ތަންތަނުގައި އަތްނުލައި މަދުވެގެން 3 ފޫޓުގެ ގައިދުރުކަން ބެހެއްޓުމަށް ސަމާލުކަންދިނުން.

(ށ) ފިހާރައިން ގެނައި ކޮތަޅެއްނަމަ އެ ކޮތަޅުން ތަކެތި ނެގުމަށްފަހު، ކޮތަޅު ޑަސްބިނަށްލުމަށް ސަމާލުކަންދިނުން.

(ނ) ސައިބޯނި ލައިގެން އަތް ދޮންނަން ޚާއްޞަ ސަމާލުކަމެއްދިނުން އަދި ސާފުތާހިރުކަމަށް އިސްކަންދިނުން؛

(ރ) ފިހާރައިން ގަތް ތަކެތި ރަނގަޅަށް ސާފުކުރުމަށްފަހު ފްރިޖްގަޔާއި އެހެނިހެން ތަންތަނުގައި ބެހެއްޓުމަށް ސަމާލުކަންދޭންވާނެއެވެ.

0 ޚިޔާލު