-
-
ހަތަރު މަހުގެ ކުއްޖާ ނިޔާވީ ފަރުވާދެމުން ދަނިކޮށް: އޭޑީކޭ

ހަތަރު މަހުގެ ކުއްޖާ ނިޔާވީ ފަރުވާދެމުން ދަނިކޮށް: އޭޑީކޭ

ރޭ ނިޔާވި ހަތަރުމަހުގެ ތުއްތު ކުއްޖާ ނިޔާވީ ފަރުވާދެމުންދަނިކޮށްކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.

ADS BY FENVARU

އެކުއްޖާ ނިޔާވި އިރު އޭޑީކޭގައި ފަރުވާ ދެމުން ދިޔައީ ސުޕަޝެލިސްޓް ޑޮކްޓަރުންގެ ލަފަޔާވެސް އެކު އީއާރްގައި ކަމަށް އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު އަފްއާލް ވިދާޅުވެއްޖެއެވެ. އަދި ކުއްޖާގެ މަޢުލޫމާތު އާއިލާއާއި ވެސް ހިއްސާ ކުރަމުން ގެންދާ ކަމަށާއި ތަހްޤީޤް ކުރަމުންދާތީ ކުއްޖާގެ މަރާއި ގުޅޭ އިތުރު މަޢުލޫމާތު ހާމަ ކުރެވެން ނެތް ކަމަށް އަފްއާލް ވިދާޅުވިއެވެ.

''މީގެ ކުރިން ވެސް އޮންނަ ގޮތް އެއީ ކޮމްޕްލެއިނެއް އައިސްފިއްޔާ ތަޙްޤީޤް ކުރުން. އެގޮތުން މިކަންތައް ވެސް ތަޙްޤީޤް ކުރަމުން މިދަނީ. އެކަމަކު ނިޔާވީ އީއާރްގައި ފަރުވާ ދެމުން ދަނިކޮށް''

އާއިލާއިން ތުހުމަތުކުރާގޮތުގައި ކުއްޖާ މަރުވެފައިވަނީ ފަރުވާނުދެވި ލަސްވެގެންނެވެ.

އާއިލާގެ މީހަކު ވަގުތު ނޫހަށް މަޢުލޫމާތު ދިންގޮތުގައި ކުއްޖާ ހޮސްޕިޓަލަށް ގެންދިއުމުން ޑޮކްޓަރަށް ދެއްކޭގޮތް ހަމަނުޖެހުނީ އެވަގުތު ހޮސްޕިޓަލުގައި ޑޮކްޓަރަކު ނެތުމުންނެވެ.

"ހޮސްޕިޓަލުން ބުނީ އެވަގުތު ޑޮކްޓަރެއް ނެތްކަމަށް، ހެނދުނު ވަންދެން މަޑުކޮށްލަން އެދުނީ. އެކުއްޖާ ނިޔާވީ އެގޮތަށް އެތަނުގައި ތިއްބައި" ވަގުތު ނޫހުގައި ބުނެފައިވެއެވެ.

އެކުއްޖާ ނިޔާވީ ގާތުންކިރު ނުބޮއެ ރޯތީ ވީގޮތެއް ބަލަން ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކޭނެ ގޮތެއް ހަމަނުޖެހި ގިނައިރުތަކެއްވެ، "ރޮއެރޮއެ އޮއްވާ" މަންމަގެ ކޮނޑުމައްޗަށް ކަމަށް ބުނުމުން އޭޑީކޭ އިން ވަނީ އެކަން ދޮގުކުރައްވައިފައެވެ.

0 ޚިޔާލު