-
-
ވެސްޓް ލަންޑަންގެ އަވަށެއްގައި ފުލުހަކަށް ހަމަލާދިން މައްސަލަ ހޫނުވެއްޖެ

ވެސްޓް ލަންޑަންގެ އަވަށެއްގައި ފުލުހަކަށް ހަމަލާދިން މައްސަލަ ހޫނުވެއްޖެ

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑްގެ ސަބަބުން ލޮކްޑައުން އުވާލިކަމުގައި ވިޔަސް ބޭރަށް ނުކުމެ އުޅުމުގައި ގައިދުރުކަން އިސްކަން ކުރުމަށް ހުރިހާ ގައުމުތަކުން މިވަނީ އަންގާފައެވެ.

ADS BY FENVARU

ސޯޝަލް މީޑިޔާގައި ދައުރުވަމުންދިޔަ ވީޑިޔޯއަކުން ފެންނަ ގޮތުގައި ބޭރަށް ނުކުމެ އުޅުނު ޒުވާން ކުދިންތަކެއް ގައިދުރުކަން އިސްނުކޮށް މަޖާކުރަނިކޮށް ފުލުހަކު ގޮސް ނަސޭހަތް ދޭންއުޅުމުން، އެ ފުލުސްމީހާ ބިންމައްޗަށް ކޮއްޕާވައްޓާލާ ބިންމަތީގައި ދަމާހަދާ މަންޒަރު ފެނިގެން ދިޔައެވެ. ބިންމަތީގައި ދަމަމުން އަނިޔާ ކުރަމުން ދިޔައިރުވެސް ފުލުސް މީހާ އޮތީ އެކަކުގެ ފައިގައި ހިފަހައްޓައިގެންނެވެ. ވީޑިޔޯ ކުރަމުންދިޔަ ކުއްޖާވެސް ފުލުސްމީހާއަށް މަލާމާތްކޮށް ހެމުން ގެންދިޔައެވެ.

މިހާދިސާ ހިގާފައިވަނީ ވެސްޓް ލަންޑަންގެ ރަށެއް ކަމަށްވާ ސައްރޭގެ ޕާކެއްގެ ތެރޭގައެވެ. މަންޒަރު ދުށް މީހަކު ބުނި ގޮތުގައި ބުރާސްފަތި ދުވަހު ޕާކްތެރޭގައި 10 ވަރަކަށް ޒުވާންކުދިން ރާބޯން ތިއްބެވެ. މިހެން ތިބުމުގައި ގައިދުރުކަމެއް ނެތުމުން ފުލުހަކު އައިސް އެމީހުން އެތަނުން ފޮނުވާލަން އުޅުމުން އެފުލުސް މީހާއަށް އެހެން ހެދީއެވެ.

ސައްރޭ ފުލުހުން ވިދާޅުވިގޮތުގައި ރޭ 7.40 ހާ ތާނގައި ވެސްޓު ބައިފްލީޓް ޕާކްގައި ޕެޓްރޯލްކުރަން އުޅެނިކޮށް ފުލުހަކަށް މިވަނީ ހަމަލާދީފައެވެ. އަނިޔާލިބުނު ފުލުސްމީހާ މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންކަމަށް ރިޕޯޓްތަކުން ހާމަވެގެންދެއެވެ.

ރިޕޯޓްތަކުން ބުނާގޮތުގައި މިމައްސަލައިގައި 3މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

(ޑެއިލީމެއިލް)

0 ޚިޔާލު