-
-
ޕާކިސްތާނުގެ ފްލައިޓެއް ވެއްޓި 100އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ޕާކިސްތާނުގެ ފްލައިޓެއް ވެއްޓި 100އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ކަރާޗީގެ ގިނަ މީހުން ދިރިއުޅޭ ހިސާބަކަށް، ފްލައިޓެއް ވެއްޓި 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

ADS BY FENVARU

މިއަދު މެންދުރު 2.45ގައި ހިނގި މިހާދިސާގައި އެސަރަހައްދުގެ ގިނަ ގެތަކަކަށް ވަނީ ގެއްލުންވެފައެވެ.

އޭވިއޭޝަންގެ އޮފިސަރަކާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި ފްލައިޓް ވެއްޓުނީ އޭގެ ދެއިންޖީނު ހަލާކުވެ ދިމާވި ޓެކްނިކަލް މައްސަލައަކުންނެވެ. މަންޒަރުދުށް މީހަކު ބުނި ގޮތުގައި ފްލައިޓް ވެއްޓުމުގެ ކުރިން އެއާޕޯޓްގެ މަތިން ދެތިން ބުރު އަޅާފައިވެއެވެ.

ހާދިސާ ހިނގައިދިޔަ ސަރަހައްދަށް ޒިޔާރަތްކުރުމަށްފަހު ކަރާޗީގެ މޭޔާރ ވިދާޅުވިގޮތުގައި ފްލައިޓުން ދަތުރުކުރި އެކަކުވެސް ސަލާމަތެއް ނުވެއެވެ. އެކަމަކު ހާދިސާ ހިނގިތަނުގައި ހަރަކާތްތެރިވެ އުޅުނު އާއްމު މީހަކު ބުނި ގޮތުގައި ފްލައިޓުން ދަތުރުކުރި މީހުންގެ ތެރެއިން ދެމީހަކު ސަލާމަތްކުރެވުނު ކަމަށެވެ.

 Smoking wreckage from the crash is seen in the packed residential area of Model Colony, Pakistan

8 ސްޓާފުންނާއި 99 ފަސިންޖަރުންނާއެކު ދަތުރުކުރި އެއާބަސް A320 ފްލައިޓް ވެއްޓުމުގެ ކުރިން ޕައިލެޓް ވަނީ ފްލައިޓުގެ ދެއިންޖީނު ކޮންޓްރޯލުން ނެއްޓިފައިވާކަން އެއާ ޓްރެފިކް ކޮންޓްރޯލަރ އަށް އަންގާފައެވެ.

ޕާކިސްތާނުގެ މަޝްހޫރު މޮޑެލް ޒާރާ އާބިދުވެސް ވަނީ މިފްލައިޓުން ދަތުރުކޮށްފައެވެ. އޭނަގެ އާއިލާ މީހުން ދަނީ ޒާރާގެ ޙަބަރު ނުވެގެން ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ފޮޓޯތަކުން ފެންނަގޮތުގައި ވެއްޓިފައި އޮތް ފްލައިޓުން ވަނީ ގިނައަދަދެއްގެ ހަށިގަނޑުތައް ނެރެފައެވެ.

 Emergency workers attempt to put out the crash fire with water as bodies are carried away from the scene

Pakistan jet with 98 aboard crashes near Karachi airport

ޓްވިޓަރ މެދުވެރިކޮށް ޕާކިސްތާނުގެ ޕްރައިމް މިނިސްޓަރ އިމްރާން ޚާން ވަނީ މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ދަންނަވާފައިވެއެވެ. އަދި ވަގުތުން ވަގުތަށް ތަހުޤީގް ފަށާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

(ދަސަން)

0 ޚިޔާލު