-
-
ކޮވިޑް-19: ރާއްޖެއިން އިތުރު 58 މީހަކު ޕޮޒިޓިވް ވެއްޖެ

ކޮވިޑް-19: ރާއްޖެއިން އިތުރު 58 މީހަކު ޕޮޒިޓިވް ވެއްޖެ

ކޮވިޑް-19 އަށް ރާއްޖެއިން އިތުރު 58 މީހަކު މިއަދު ޕޮޒިޓިވް ވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ހާމަކުރެއްވި ގޮތުގައި ރާއްޖެއިން މިއަދު މި ބައްޔަށް މިވަނީ 58 މީހަކު ޕޮޒިޓިވް ވެފައެވެ.

ADS BY FENVARU

އެޗްޕީއޭއިން ހާމަކުރެއްވި ގޮތުގައި ކޮވިޑް-19 އަށް ރާއްޖެއިން މިއަދު ޕޮޒިޓިވް ވި 58 މީހުންގެ ތެރޭގައި 18 ދިވެއްސަކާއި ބަންގްލަދޭޝްގެ 39 މީހަކާއި އިންޑިއާ މީހަކު ހިމެނެ އެވެ. މި ބައްޔަށް ރާއްޖޭގައި މިއަދު ޕޮޒިޓިވް ވި 58 މީހުންނާއި އެކު ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވް މީހުންގެ އަދަދު މިވަނީ 1274 އަށް އަރާފަ އެވެ.

ރާއްޖެއިން މިބައްޔަށް ޕޮޒިޓިވް ވި 1274 މީހުންގެ ތެރެއިން 104 މީހަކު ބަލިން ރަނގަޅުވެފައިވާއިރު 04 މީހަކު ވަނީ މިބަލީގައި ނިޔާވެފަ އެވެ. މީގެ އިތުރުން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން 11 މީހަކަށް އަންނަނީ ފަރުވާ ދެއްވަމުން ނެވެ. މަރުވި 04 މީޙުންގެ ތެރޭގައި ހިމެނެނީ 03 ދިވެއްސަކާއި ބިދޭސީ އެކެވެ.

ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން އެންމެ ގިނައިން ޕޮޒިޓިވް ވެފައިވަނީ ބިދޭސީ މަސައްކަތު މީހުން ނެވެ. މިއަދު ރާއްޖެއިން ޕޮޒިޓިވްވި 38 ބިދޭސީންނާއި އެކު އެކު މިބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި ބިދޭސީންގެ އަދަދު މިވަނީ 822 އަށް އަރާފަ އެވެ. އަދި މިއަދު ޕޮޒިޓިވް ވި 18 ދިވެހިންނާއި އެކު ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދު މިވަނީ 452 އަށް އަރާފަ އެވެ.

0 ޚިޔާލު