-
-
ލޮކްޑައުން އުވާލަން ގޮވާލުމުގެ ކުރިން، ސްޕެނިޝް ފުލޫއާއި ބްލެކްޑެތުގައި ވީގޮތް އޮޅުން ފިލުވާލާށެވެ!

ލޮކްޑައުން އުވާލަން ގޮވާލުމުގެ ކުރިން، ސްޕެނިޝް ފުލޫއާއި ބްލެކްޑެތުގައި ވީގޮތް އޮޅުން ފިލުވާލާށެވެ!

ކޮރޯނާ ވައިރަސް ނުވަތަ އާންމު ނަމުންނަމަ ކޮރޯނާވައިރަހުގެ ކޮވިޑް-19 ގެ ކުރިންވެސް މިފަދަ ބަލިތަށް ދުނިޔޭގައި ވަނީ ފެތުރިފައެވެ. މިހާތަނަށް 5 މިލިއަނަށް ވުރެން ގިނަ މީހުންނަށްޖެހި މިބަލިޖެހި، 3 ލައްކައަށް ވުރެން ގިނަ މީހުން ވަނީ ދުނިޔެ ދޫކޮށްފައެވެ.

ADS BY FENVARU

މީގެ އެތަކެއް އަހަރުތަކެއް ކުރިން ދުނިޔޭގައި ފެތުރުނު އެންމެ ނުރައްކާތެރި އެއް ބިއުބޯނިކް ޕްލޭގަކީ ބްލެކް ޑެތެވެ. "ޕެސްޓިލެންސް އެންޑް ދަ ޕްލޭގު" ގެ ނަމުން ނަންދެވިފައިވާ ބްލެކްޑެތަށް ބްލެކްޑެތޭ ކިއުނީ އެ ޕްލޭގުގައި 75 މިލިއަނާއި 200 މިލިއަނާއި ދެމެދުގެ އަދަދަކަށް މީހުން މަރުވެފައި ވާތީއެވެ. 1346 ވަނަ އަހަރުން 1353 އަހަރާއި ހަމައަށް ދިގުދެމިގެން ދިޔަ މި ޕްލޭގު ބޮޑަށް ފެތުރުނީ ނޯތު އެފްރިކާއާއި ޔޫރަޕްގެ ގައުމުތަކަށެވެ.

ތާރީހު ބުނާގޮތުގައި ބްލެކްޑެތު ނައްތާލެވުނީ ކަރަންޓީނުގައި ގިނަ އަދަދެއްގެ މީހުން ބައިތިއްބައިގެންނެވެ. އެގޮތުން މިހާރު ތަހަންމަލު ކުރަމުން މިދާފަދަ ލޮކްޑައުންއެއް ބްލެކްޑެތު ފެތުރުނަ ނުދިނުމަށްޓަކައި ބޭނުންކުރިއެވެ. ކޮންމެހެން ބޭނުން ޖެހިގެން ނޫނީ ބޭރަށް ނުނިކުމެވުމާ ގައުމުތަކުގެ ހުރިހާ ރައްޔިތުން ގޭގައި އައިސޮލޭޓު ކުރިއެވެ.

ތަފާތު ހިސާބުތައް ދައްކާގޮތުގައި 2015 ވަނަ އަހަރާއި ހަމައަށްވެސް މަދުމަދުން މި ބަލި ޖެހިފައިވާ މީހުން ފެނެއެވެ. އެގޮތުން 1900 ގެ އަހަރުތަކުން ފެށިގެން 2015 ވަނަ އަހަރާއި ހަމައަށް ޖުމްލަ 1036 ކޭސްއެއް ވަނީ ފެނިފައެވެ. އެއީ އެވްރެޖްކޮށް އަހަރެއްގެ މައްޗަށް ގާތް ގަނޑަކަށް 9 މީހުންނެވެ.

ބްލެކްޑެތުގެ އަލާމަތް ތަކުގެ ތެރޭގައިވެސް، ހުންއައުމާއި، އާދަޔާއި ހިލާފަށް ބަލިކަށިވުމާއި، ބޭރަށް ހިންގުމާއި، ހޮޑުލެވުމާއި، ކަރުންނާއި ނޭފަތުން ލޭއައުމުގެ އިތުރުން ނުރައްކާތެރި އަލާމަތްތަށް ފެނެއެވެ.

ބްލެކްޑެތުގެ އިތުރުން 1918 ވަނަ އަހަރުން 1920 އާއި ހަމައަށް ހަލުވިކަމާއެކު ފެތރުން ސްޕެނިޝް ފުލޫއަކީ ވެސް ގިނަ ބަޔަކު މަރުވި ބައްޔެކެވެ. އެޗްވަންއެންވަންގެ ބާވަތެއް ކަމުގައިވާ ސްޕެނިޝް ފުލޫގައި 50 މިލިއަނެއްހައި މީހުން މަރުވެ، 500 މިލިއަނަށްވުރެން ގިނަ ކޭސްތަށް ވަނީ ފެނިފައެވެ.

ސްޕެނިޝް ފުލޫ އިންފުލުއެންޒާގެ ތިން ވޭވެއް ސައިންޓިސްޓުން ފާހަގަކޮށްފައިވެއެވެ. އޭގެތެރެއިން ފުރަތަމަ ވޭވުގައި ގިނަ ބަޔަކު މަރުވެ، ބަލި ކޮންޓްރޯލްވާހެން ހީވިއެވެ. އެހެން ނަމަވެސް، ދެވަނަ ވޭވުގައި ބަލި ޖެހުނު މީހުންގެ އަދަދު އެތަށް ގުނަޔަކަށް އިތުރުވެ ޔޫރަޕުގެ %30 އާއި %60 ދެމެދުގެ މީހުން ވަނީ މަރުވެފައެވެ.

ވޭތުވެދިޔަ ތާރީހަށް ބަލާއިރު، ކޮވިޑް-19 ގެ އެކި ދުވަސްވަރު އައިސްދާނެއެވެ. ސްޕެނިޝް ފުލޫއާއި ބްލެކްޑެތުގައި ކަންހިނގައިދިޔަ ގޮތަށް ކަން ވުމަކީ ވެދާނެ ކަމެކެވެ.

އެގޮތުން، މީހާރު އޮތް ލޮކްޑައުން އުވާލާ، އެންމެން އެއްވެ އުޅެން ފަށައިފިނަމަ ކޮވިޑް-19 މިއަށްވުރެން އެތަށް ގުނައެއް ޕީކަށް އަރައިގެން ގޮސް ގިނަބަޔަކަށް ފަރުވާ ނުލިބި ދުނިޔެދޫކޮށް ދާންޖެހުމަކީ ވެދާނެކަމެކެވެ.

0 ޚިޔާލު