-
-
ރޯދަބަދިގެ: ޗޮކްލެޓް މޫސް

ރޯދަބަދިގެ: ޗޮކްލެޓް މޫސް

އައްސަލާމް ޢަލައިކުމް: ބަރަކާތްތެރި ރަމަޟާމް މަސް ނިމުކައް އައީއެވެ. ބަރަކާތްތެރި ފިޠުރު ޢީދާއި ކުރިމަތިލާއި އިރު ވަރަށް މީރު ފޮނި އެއްޗެއްގެ ރަހަ ބަލައިލަން ވާނެ ދޯއެވެ. މިއަދު މިގެނެސްދެނީ " ޗޮކްލެޓް މޫސް" ތައްޔާރު ކޮށްލާނެ ގޮތުގެ ތަފްޞީލް އެވެ. މިއީ އަންހެން ކުދިންނަށް ވަރަށް ޚާއްޞަ ވާނެއެއްޗެކެވެ.

ADS BY FENVARU

ޗޮކްލެޓް މޫސް ތައްޔާރުކުރުމަށް ބޭނުންވާނެ ތަކެތި.

5 ކުކުޅުބިހުގެ ގޮބޮޅި

75 ގްރާމް އައިސިންގ

30 ގްރާމް ޗޮކޮލެޓް ނުވަތަ ކުލަ ހިފާވަރަށް ކޮކޯ ޕައުޑަރ ކޮޅެއް

12 ގްރާމް ޖެލެޓިން

175 އެމްއެލް ވިޕިންގ ކްރީމް

2 ސައިސަމުސާ ވެނީލާ އެސެންސް

50 ގްރާމް ހިކިކިރު

ޗޮކްލެޓް މޫސް ތައްޔާރު ކުރައްވާނެ ގޮތް

އެންމެ ފުރަތަމަ ކުކުޅު ބިހުގެ ގޮބޮޅިއާއި، އައިސިން ޝުގަރ އަދި ވެނީލާ އެސެންސް އެއްކޮށްލުމަށް ފހު ގާތްގަނޑަކަށް 13 ނުވަތަ 15 ވަރަކަށް މިނިޓް ވަންދެން ނުވަތަ ހުރިހައި އެއްޗެއް ރަނގަޅަށް އެއްވަންދެން ގިރާލާށެވެ. އެއަށްފަހު ކްރީމް ކޮޅާއި ހިކިކިރު ކޮޅުވެސް އެއްކޮށް ރަނގަޅަށް ގިރާލާފައި އެބައިވެސް އެއްކޮށްލައްވާށެވެ. ދެން ޖެލެޓިންކޮޅު ހޫނުފެން ފޮދެއްގައި ގިރާލާފައި އެބައިވެސް ކުރީގެ ބަޔާއި އެއްކޮށް މިކްސްކޮށްފައި ޓްރޭއަކަށް ނުވަތަ ބޯލްއަކަށް އަޅާފައި ސެޓް ކުރަން ބަހައްޓާށެވެ.

 

0 ޚިޔާލު