-
-
މިއަހަރުގެ ފިތުރު ޢީދު ދުވަހަކީ އަންނަ އާދީއްތަ ދުވަސް: އިސްލާމިކް މިނިސްޓްރީ

މިއަހަރުގެ ފިތުރު ޢީދު ދުވަހަކީ އަންނަ އާދީއްތަ ދުވަސް: އިސްލާމިކް މިނިސްޓްރީ

މިއަހަރުގެ ރަމަޟާންމަހުގެ 30 ވަނަ ދުވަހަކީ މާދަމާ ކަމަށާއި، މިއަހަރުގެ ބަރަކާތްތެރި ފިޠުރު ޢީދު ދުވަހަކީ އަންނަ އާދިއްތަ ދުވަސް ކަމުގައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅުއްވައި އެކަން ޢިއުލާން ކުރައވައިފި އެވެ.

ADS BY FENVARU

މިއަހަރުގެ ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމަށް އިސްލާމިކް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމަށް ފަހު، އިސްލާމިކް މިނިސްޓަރު ޑރ. އަޙުމަދު ޒާހިރު ވިދާޅުވީ މިއަހަރުގެ ރަމަޟާން މަހުގެ 29 ވާ ހުކުރު ދުވަހު އިރުއޮއްސޭއިރު، ރާއްޖެ އާއި އިސްލާމީ އެއްވެސް ޤައުމެއްގެ އުދަރެހުން ޝައްވާލު މަހުގެ ހަނދު ފެންމަތިވެފައި ނުވާނެކަން ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުތަކުން ޔަޤީންވާ ކަމުގަ އެވެ.

އެހެންކަމުން މިއަހަރުގެ ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ބެލުމުގައި ރާއްޖޭގައި ޢަމަލު ކުރަމުންދާ އުސޫލުގައިވާ ގޮތުގެ މަތިން ހޮނިހިރު ދުވަހަކީ މިއަހަރު ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމުގައި ކަނޑައަޅައި، މިއަހަރުގެ ފިޠުރު ޢީދު ދުވަހަކީ އަންނަ އާދީއްތަ ދުވަސް ކަމުގައި ނިންމާފައިވާ ކަމަށްވެސް އިސްލާމިކް މިނިސްޓަރު ޑރ. އަލީ ޒާހިރު ވިދާޅުވި އެވެ.

0 ޚިޔާލު