-
-
ހުއްދަ ހޯދައިގެން ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރެވޭނެ: އިސްލާމިކް މިނިސްޓްރީ

ހުއްދަ ހޯދައިގެން ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރެވޭނެ: އިސްލާމިކް މިނިސްޓްރީ

ލޮކްޑައުންގެ ޙާލަތުގައި ނެތް ރަށްރަށުގެ ކައުންސިލްތަކުން ބޭނުންވާނަމަ މިއަހަރުގެ ފިޠުރު ޢީދު ނަމާދު މައިދާނުގައި ބޮޑު ޖަމާޢަތުގައި ކުރެވޭނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

ADS BY FENVARU

އިސްލާމިކް މިނިސްޓްރީގެ މީޑިޔާ އޮފިޝަލްއާއި ޙަވާލާދެއްވައި މީދޫ ޓައިމްސްގައި ބުނެފައިވަނީ މިސްކިތްތަކާއި މައިދާނުގައިވެސް ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރެވޭނެކަމަށާއި، މައިދާންތަކުގައި ޢީދު ނަމާދު ކުރަން ބޭނުންވާ ފަރާތްތަކުން މައިދާނުގައި ނަމާދުކު ކުރުމަށް ނަގަންޖެހޭ ހުއްދަ ނެގުމުން އެތަންތަނުގައި ޢީދު ނަމާދު ކުރެވޭނެކަމުގަ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުން މެދުކަނޑާލާފައި އޮތުމަށްފަހު ލޮކްޑައުންގެ ޙާލަތުގައި ނެތް ރަށްރަށުގެ މިސްކިތްތަކުގައި މިއަދު ހުކުރު ނަމާދުން ފެށިގެން ޖަމާޢަތުގައި ނަމާދު ކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓަރީ އިން ވަނީ ދެއްވާފަ އެވެ.

މިސްކިތް ތަކުގައި ޖަމާޢަތުގައި ނަމާދު ކުރަން ފަށާފައިވާއިރު މާސްކް އެޅުމަށާއި ގެއިން ވުޟޫކޮށްގެން ދިޔުމުގެ އިތުރުން ދާއިމީ ބައްޔަކަށް ފަރުކާ ކުރާ ފަރާތްތަކާއި، ކެއްސައި ކިނިބިހި އެޅުންފަދަ ބަލި ހުންނަ ފަރާތްތަކާއި، އުމުރުން ދުވަސްވީ ފަރާތްތަކުން މިސްކިތަށް ނުދިއުމަށް އިސްލާމިކް މިނިސްޓްރީންވަނީ އިލްތިމާސްކުރައްވާފަ އެވެ.

0 ޚިޔާލު