-
-
ޕާކިސްތާނުގެ ފްލައިޓް ވެއްޓުމާއި ގުޅިގެން މިނިސްޓަރ ޝާހިދު ތައުޒިޔާގެ މެސެޖެއް ފޮނުވައިފި

ޕާކިސްތާނުގެ ފްލައިޓް ވެއްޓުމާއި ގުޅިގެން މިނިސްޓަރ ޝާހިދު ތައުޒިޔާގެ މެސެޖެއް ފޮނުވައިފި

ޕާކިސްތާނުގެ ފްލައިޓް ވެއްޓި އެއިން ދަތުރުކުރި މީހުން މަރުވުމާއި ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ޕާކިސްތާނުގެ ފޮރިން މިނިސްޓަރ މަހްމޫދު ގުރޭޝީއަށް ތައުޒިޔާ ދަންނަވައިފިއެވެ.

ADS BY FENVARU

މިނިސްޓަރ ޝާހިދު ޕާކިސްތާނުގެ މިނިސްޓަރަށް ފޮނުއްވި މެސެޖުގައި ދެންނެވީ މަތިންދާ ބޯޓު ވެއްޓުނު ޚަބަރު ލިބުމުން ވަރަށް ހިތްދަތިވި ކަމަށާއި، ހިތާމައިގެ މިދަނޑިވަޅު ޕާކިސްތާނުގެ ރައްޔިތުންނާއި ސަރުކާރަށް ރާއްޖޭގެ ރައްޔިތުންގެ އަދި ސަރުކާރުގެ ނަމުގައި ތައުޒިޔާ ދެންނެވިއެވެ. އަދި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެއްވުމަށް އެދި ވަޑައިގަތެވެ.

ޕާކިސްތާނުގެ މީޑިއާތަކުން ބުނާގޮތުގައި ފްލައިޓް ވެއްޓުނީ 99 ފަސެންޖަރުންނާއި އަށް ކްރޫއިންނާ އެކު ދަތުރު ކުރަމުން ދަނިކޮށެވެ. އެއީ، ޕާކިސްތާނުގެ ލާހޯރުން ކަރާޗީއަށް ދަތުރުކުރަމުން ދިޔަ ފްލައިޓެކެވެ. މިދުވަސްވަރަކީ އެގައުމުގައި ގިނަ ބަޔަކު ރޯދަ މަސް ނިމުމާއި އީދު ފާހަގަކުރުމަށް އާއިލާ އަދި އެކުވެރިން ކައިރިއަށް ދިޔުމަށް ދަތުރުކުރަމުންދާ ދުވަސްވަރެކެވެ.

2016 ވަނަ އަހަރުވެސް ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންގެ ފްލައިޓެއްގެ އިންޖީން ހަލާކުވެގެން އަލިފާން ރޯވެ ހަމަ މިކަހަލަ ހާދިސާއެއް ވަނީ ހިގާފައެވެ. އެ ހާދިސާގައި 40 މީހަކު ވަނީ މަރުވެފަ އެވެ.

0 ޚިޔާލު