-
-
އޮންލައިންކޮށް އުފަންދުވަހުގެ ސެޓިފިކެޓް ހެދުމަށް އެދޭގޮތް ހަދައިފި

އޮންލައިންކޮށް އުފަންދުވަހުގެ ސެޓިފިކެޓް ހެދުމަށް އެދޭގޮތް ހަދައިފި

ރާއްޖޭގައި މިދުވަސްވަރު އުފަންވާ ކުދިންގެ އުފަންދުވަހުގެ ސެޓިފިކެޓް ހެދުމަށް އެދި އޮންލައިންކޮށް ހުށަހެޅޭ ގޮތް ހަދައިފިއެވެ.

ADS BY FENVARU

އުފަންދުވަހުގެ ސްޓިފިކެޓް ހެދުމަށް ބޭނުންވާ ފަރާތްތަކުން ސިޓީ ކައުންސިލްގެ ވެބްސައިޓް އިން އޮންލައިންކޮށް އެމަކަށް އެދި ހުށަހެޅޭނެކަމަށް މިރޭ ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އެހެންނަމަވެސް މިވަގުތު ދެވެން އޮތީ ވަގުތީ ސެޓްފިކެޓެއް ކަމާއި އެ ސެޓިފިކެޓް ބޭނުން ކުރެވޭނީ މާލޭ ލޮކްޑައުންގެ ހާލަތު ނިމެންދެން ކަމުގައި ހާމަކުރިއެވެ.

"އަދި ދާއިމީ އަސްލު ސެޓްފިކެޓް ލިބިވަޑައިގަންނަވާނީ އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށް ހުށަހަޅުއްވާ ފޯމާއެކު ހުށަހަޅަން ޖެހޭ އެންމެހައި ލިޔެކިޔުންތަކުގެ އަސްލާއި ވަގުތީ ގޮތުން ދޫކޮށްފައިވާ ސެޓްފިކެޓް މި ކައުންސިލަށް ހުށަހެޅުމުން ކަމުގައި ދަންނަވަމެވެ." ސިޓީ ކައުންސިލްގެ ބަޔާނުގައިވެއެވެ.

މާލޭގެ ލޮކްޑައުން ނިމޭނީ މިމަހު 28 ގައި ކަމަށް ވާތީ އޭގެ ފަހުން އަސްލު ސެޓިފިކެޓް ހަދަން ޖެހޭނެކަމަށް މިބަޔާނުގައި ބަޔާންކޮށްފައިވެއެވެ. އަސްލު ސެޓިފިކެޓް ހަދާއިރު ވަގުތީ ސެޓިފިކެޓްވެސް ބޭނުންވާނެއެވެ.

0 ޚިޔާލު