-
-
ރެސިޕީ: ގެރިކިރު ބޯކިބާ

ރެސިޕީ: ގެރިކިރު ބޯކިބާ

ގެރިކިރު ކޭކް އަކީވެސް ރަމަހީރު ކޭކުގެ ބާވަތެކެވެ. ރާއްޖޭގައިވެސް ވަރަށް ގިނައިން ތައްޔާރުކޮށް އުޅޭ ބާވަތެއްގެ ކޭކެކެވެ. އެގޮތުން ގެރިކިރު ކޭކް ތައްޔާރުކުރަން ބޭނުންވާ ތަކެއްޗަކީ:

ADS BY FENVARU

1 ދަޅު ގެރިކިރު

1 ކުކުޅު ބިސް

4 މޭޒުމަތީ ސަމްސާ ފުށް

2 މޭޒުމަތީ ސަމްސާ ބަޓަރު

1 މޭޒުމަތީ ސަމްސާ ވެނީލާ އެސެންސް

1 މޭޒުމަތީ ސަމްސާ ބޭކިންގ ޕައުޑަރު

ތައްޔާރުކުރާނޭގޮތް

ކުކުޅުބިސް، ގެރިކިރު، ބަޓަރު، މިކްސަރަށް އަޅާފައި ރަނގަޅަށް ގިރާލާނީއެވެ. ދެން އެއަށް ވެނީލާ އެސެންސްއަޅާލާށެވެ.

އެއަށްފަހު މިހާރު މިކްސްކުރެވިފައިވާ ތަކެތީގެ ތެރެއަށް ފުށާއި ބޭކިން ޕައުޑަރު އެއްކޮށްލާނީއެވެ. މިހާރު އެހެރީ ބޯކިބާއަޅާ ފުށްގަނޑު ރަނގަޅަށް ތައްޔާރުކުރެވިފައެވެ.

ބޯކިބާ ފިހުމަށްޓަކައި ޓްރޭއެއްގައި ބަޓަރު ހާކާލާފައި، މިކްސްކުރި ތަކެތި އެ ޓްރޭއަށް އަޅާލާފައި، 350 ޑިގްރީގައި އަވަން ހޫނުކޮށްލާފައި 35 މިނިޓް ވަންދެން ފިހެލާނީއެވެ.  އޭރުން އެހުރީ ގެރިކިރު ބޯކިބާ އެޅިފައެވެ.

 

0 ޚިޔާލު