-
-
ދެކުނުގެ ބޮޑުޔަކަށް ޔެލޯ އެލާޓް ނެރެފި

ދެކުނުގެ ބޮޑުޔަކަށް ޔެލޯ އެލާޓް ނެރެފި

ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގާ މޫސުމް ގޯސްވާނެކަމަށް ލަފާކުރައްވައި މޫސުމާބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެ ބޮޑުބަޔަކަށް ޔެލޯ އެލާޓް ނެރުއްވައިފި އެވެ. މޫސުމާބެހޭ ޤަޢުމީ އިދާރާއިން ޔެލޯ އެލާޓް ނެރުއްވާފައި ވަނީ ލ.އަތޮޅުން ފެށިގެން އައްޑޫ ސިޓީ އަށެވެ.

ADS BY FENVARU

މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކުރެއްވި ގޮތުގައި މިއަދު ހަވީރު 18:00 އިން  ފެށިގެން މިރޭ 21:00 އަށް ލ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ބޯކޮށް ވާރޭވެހުމާއި އެކު ގުގުރާނެ ކަމަށް ވަނީ ލަފާކުރައްވާފަ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށާއި އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކުރައްވާފަ އެވެ.

ދެކުނުގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވޭ. އެހެން ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކުރެވޭ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ހުޅަނގާއި ހުޅަނގުުއުތުރުން، ހުރިހައި ހިސާބަކަށްވެސް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަކަށް ވައި ގަދަ ވުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ވިދާޅުވި އެވެ.

ރާއްޖޭގެ ކަނޑުތަށް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށާއި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އެ އިދާރާއިން ވިދާޅުވި އެވެ.

އެހެން ކަމުން އާންމުކޮށް ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ ދަންނަވާފަ އެވެ.