-
-
އިންޑިއާގައި ގޮއްފުޅަނގީގެ ސަބަބުން ދަނޑުބިންތަކަށް ގެއްލުން ލިބެމުން އެބަދޭ

އިންޑިއާގައި ގޮއްފުޅަނގީގެ ސަބަބުން ދަނޑުބިންތަކަށް ގެއްލުން ލިބެމުން އެބަދޭ

އިންޑިއާގެ ބައެއް ސްޓޭޓްތަކުގައި ގޮށްފުޅަނގި ގިނަވެ އެތަކެތި ދަނޑުތަކަށް ގެއްލުންދެމުންދާކަމަށް އެގައުމުގެ މީޑިޔާތަކުން ރިޕޯޓްކޮށްފައިވެއެވެ.

ADS BY FENVARU

ގޮއްފުޅަނގިތައް ރާޖަސްތާނާއި ގުޖުރާތާއި މަހާރަޝްތުރާ އާއި މަދުޔަ ޕްރަދޭޝްގެ ދަނޑުތަކަށް ގެއްލުން ދިނުމަށް ފަހު މިހާރު އުއްތަރަ ޕްރަދޭޝްއަށް ވަންނަމުންދާ ކަމަށް ރިޕޯޓުތަކުގައިވެއެވެ. ގޮއްފުޅަނގީގެ މައްސަލަ ފެށިގެން އައީ ޕާކިސްތާނުންނެވެ. އިންޑިއާ އާއި ޕާކިސްތާނުގެ އިތުރުން އިރުމަތީ އެފްރިކާގައި އެތައް ބިލިއަން ގޮއްފުޅަނގިއެއް ދަނީ ފެތުރެމުންނެވެ.

އާއްމުކޮށް ދަނޑުވެރިކަން އެންމެ ރަގަޅުވާ ދުވަސްވަރު ކަމުގައިވާ ޖޫން ޖުލައި ގައި ގޮއްފުޅަނގިތައް ޕާކިސްތާނުން އިންޑިޔާއަށް އާދެއެވެ. އެކަމަކު މިއަހަރު އޭޕްރީލް މަހު ފަހުކޮޅު ރާޖަސްތާނު އަދި ޕަންޖާބުގައި ގޮއްފުޅަނގިތައް ވަނީ ފެނިފައިވާ ކަމަށް އިންޑީޔާގެ ފާރމް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިހާތަނަށް 42،000 ހެކްޓަރުގެ ދަނޑުބިމަށް ގެއްލުން ދީފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި ގޮއްފުޅަނގިތައް މެރުމަށް ބޭސް ޖެހުމުގެ ގޮތުން 700 ޓްރެކްޓަރާއި 75 ފަޔާ އިންޖީނާއި ޑްރޯނާއި އެހެނިހެން އުޅަނދުތައް ބޭނުން ކުރަމުންދާ ކަމަށް އިންޑިއަން ކައުންސިލް އޮފް އެގްރިކަލްޗަރަލް ރިސާޗްއާ ހަވާލާދީ އެންޑީޓީވީ އިން ބުންޏެވެ.

ފާރމް މިނިސްޓަރާއި ހަވާލާދީ އެންޑީޓީވީއިން ރިޕޯޓްކުރާގޮތުގައި ރާޖަސްތާން އާއި ޕަންޖާބްގެ 14،299 ހެކްޓަރުގެ ބިން މިހާރުވަނީ ގޮއްފުޅަނގިތައް ކޮންޓްރޯލްކޮށްފައެވެ.

(އެންޑީ ޓިވީ)