-
-
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިރޭ ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިރޭ ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިރޭ ބޭއްވުމަށް ނިންމަވައިފި އެވެ. ރައްޔިތުންގެ މަޖިލީހިގެ ޖަލްސާއެއް މިރޭ ބޭއްވުމަށް އެ މަިޖލީހުން ނިންމަވާފައި މިވަނީ އަންނަ ޖޫންމަހުގެ 3 ވަނަ ދުވަހަށް ކައުންސިލަރުންގެ ދައުރު ހަމަވާތީ އެކަމުގައި އުފެދިފައިވާ ޤާނޫނީ ހުސްކަމާއިމެދު އިސްތިޝާރީ ލަފައެއް ހޯދަން ސުޕްރީމްކޯޓަށް ދިއުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޤަރާރުގެ މަސައްކަތް ނިންމުމަށެވެ.

ADS BY FENVARU

ޤާނޫނުއަސާސީގެ 95 ވަނަ މާއްދާގައި ބުނެފައިވަނީ ޤާނޫނުގައި އޮންނަ ކަމަކާއިމެދު އުފެދޭ މުހިންމު ސުވާލުތަކާއި ޤާނޫނީގޮތުން ކަމެއް އޮތްގޮތާއިމެދު ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤަރާރަކުން ހުށަހެޅިދާނެކަމުގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނީ ޤާނޫނު އަސާސީއަށް އިޞްލާހް ގެނައުމަށް ކުރެވޭ މަސައްކަތުގައި ޙައްލުތަކެއް ލިބިގެންދާނެކަމުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިރޭ 21:00 ގައި ރައްޔިތުންގެ މަޖިލީޙުގެ ތަޅުމުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ރައްޔިތުންގެ މަޖިލީހުގައި މިމައްސަލައިގައި އިސްތިޝާރީ ލަފައެއް ހޯދުމަށް ސްޕްރީމްކޯޓަށް ދިއުމަށް ހަނިމާދޫ ދައިރާގެ މެމްބަރު ޢަބްދުލްޣަފޫރު މޫސާ ހުށަހަޅުއްވާފައިވާ ޤަރާރުގެ ބަހުސް މަރުހަލާ ވަނީ ކުރިއަށް ގެންދަވާފަ އެވެ.
ޤަރާރު ހުށަހަޅުއްވަމުން ޢަބްދުލްޣަފޫރު ވިދާޅުވެފައިވަނީ ޤާނޫނު އަސާސީ އިސްލާހު ކުރެއްވުމާމެދު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރުންގެ މެދުގައި ޚިޔާލުތަފާތުވުންތަކެއް ހުރިކަމުގަ އެވެ. ނަމަވެސް މިމައްސަލަޔަކީ ޚިޔާލުތަފާތުވެ، ބަހުސްކުރެވި ރައްޔިތުންގެ ނިންމުމާއި އެއްގޮތަށް ނިމެންޖެހޭ މައްސަލައެއްކަމަށްވެސް ޣަފޫރު ވިދާޅުވި އެވެ.