-
-
މީރާއިން މިހާތަނަށް 571 މީހެއްގެ ޖޫރިމަނާ މާފުކޮށްފި

މީރާއިން މިހާތަނަށް 571 މީހެއްގެ ޖޫރިމަނާ މާފުކޮށްފި

މީރާއިން މިހާތަނަށް 571 މީހަކަށް ޖޫރިމަނާ މާފުކޮށްދީފައިވާ ކަމަށް ވިދާޅުވެއްޖެއެވެ.

ADS BY FENVARU

މިއަހަރުގެ މިހާތަނަށް ޓެކްސް ތަކާއި ގުޅޭގޮތުންނާއި އެކުލަވާލާފައިވާ އުސޫލަށް ފެތޭ މީހުންގެ ތެރެއިން 570 މީހަކަށް އެ ޖޫރިމަނާ މާފު ކޮށްދީފައިވާ ކަމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލު ވިދާޅުވެއްޖެއެވެ.

"ޖޫރިމަނާ މާފު ކޮށްދީފައިވަނީ ޓެކްސްތަކާއި ގުޅޭ ގޮތުން އަޅުގަނޑުމެން އެކުލަވާލާފައިވާ އުސޫލަށް ފެތޭ ކޮންމެ ފަރާތެއް މީރާއަށް ފައިސާ ދައްކައިފިކަމަށް ވެއްޖެއްޔާ ނުވަތަ މީރާއަށް ފައިސާ ދައްކާނެ ގޮތަކަށް އެއްބަސްވުމަކަށް އާދެވިއްޖެ ކަމަށް ވަންޏާ އަޅުގަނޑުމެން އެ ޖޫރިމަނާ މާފު ކޮށްދިނުމުގެ ކަންތައް ކުރިއަށް އެބަ ގެންދަން" ފަތުހުﷲ ވިދާޅުވިއެވެ.

"މާފު ކޮށްދޭއިރު ބަލާ ކަންތައްތަކެއް ހުންނާނެ. ހުރިހާ ޓެކްސްތަކާ ގުޅޭ ޖޫރިމަނާ ވެސް މާފުކޮށް ދޭނެ. ބަޔާން ހުށަހެޅުމާ ގުޅޭ ކަންކަމާއި، ޖޫރިމަނާ އާއި ޖީއެސްޓީ އަދި ބީޕީޓީގެ ޖޫރިމަނާ ވެސް މާފުކޮށްދޭނެ،" ފަތުހުﷲ ވިދާޅުވި އެވެ.

މިހާލަތުގައި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށާއި އެހެން ކަމުން އިންސްޓޯލްމަންޓް ޕްލޭންގެ ތެރެއިން ފައިސާ ދެއްކޭނެ އުސޫލުތަކެއްވެސް މިހާރު މީރާއިން ހަމަ ޖައްސާފައިވާކަން ފަތުހުﷲ ފާހަގަކުރެއްވިއެވެ. އެގޮތުން 74 ފަރާތެއް އިންސްޓޯލްމަންޓް އެއްބަސްވުންތައް ހަދާފައިވާ ކަމަށާއި ގިނަ ފަރާތްތަކަށް ލުއި ދުނިމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.