-
-
މުތެއް މުތަކަށް ހަދަނީ އިތާ ނޫންތޯއެވެ؟ 7

މުތެއް މުތަކަށް ހަދަނީ އިތާ ނޫންތޯއެވެ؟ 7

ޙަޤީޤީ މެދުމިނަކީ މިއީއެވެ. "އިސްލާމްދީނަކީ މެދުމިނުގެ ދީނެވެ." މިޢިބާރާތުގެ ޙަޤީޤީ މާނައަކީވެސް މިއީކަން ކަށަވަރެވެ. މި މެދުމިނުން އިތުރު މެދުމިނެއް ނަންގަވަން ވެއްޖެނަމަ އޭރުންވާނީ ހަތަރު ބައިކުޅަ އެއްބަޔަށެވެ. މެދު މިނަކަށް ނޫނެވެ. މަދު މިނަށެވެ. ޙަޤީޤީ މެދުމިނަކީ އަޅުގަނޑުމެން މިދަޢުވާކުރާ މެދުމިނެއް ނޫނެވެ.

ADS BY FENVARU

ޑިމޮކްރަސީއާއި އަންހެނުންގެ ޙައްގުތަކުގެ ނަމުގައި ތަފާތު އެކި ސްލޯގަންތައް ބޭނުންކޮށްގެން ގޮވާލެވެމުންދާ ކަންކަމާއިމެދު ފުންކޮށް ވިސްލާލާށެވެ. މިފަދަ ގޮވާލުންތަކަށް އިޖާބަދެވެވި، މާކަ ބޮޑުކަމަކަށްމެ ނަހައްދަވައި، ނިވާކަން ކުޑަ ހެދުންތަނުގައި ވަނާތަށް ހާވެގެންދާގޮތުގައި، އަންހެނުންނާއި ފިރިހެނުން މަސްހުނިވެ އަދި ބައެއް ފަހަރަށް މަޙްރަމެއްނެތި ފިރިހެނަކާއިއެކު އެކަހެރިވާންވެސްޖެހި، ހިލޭ ފިރިހެނުންނާއިއެކު ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހެއެވެ.

އަދި މިކަންކަމުން ލިބިދާނެކަމަށްމަށް ޤަބޫލުކުރެވޭ މަސްލަޙަތުތަށް އާޚިރުގައި އަވާމެންދުރަކަށް ބަދަލުވެގެން ދިޔަކަން އަމިއްލަ ނަފްސަށްވެސް ތަޖުރިބާ ކުރެވިފައިވާ އެތަކެއް އުޚްތުންނެއް މިދިވެހި މުޖުތަމަޢުގެ ތެރޭގައި އުޅޭނެކަން ކަށަވަރެވެ. އުޞޫލީ ޤާޢިދާ "درء المفاسد مقدم على جلب المصالح" "ފަސާދަތަކުން ދިފާއުން، މަޞްލަޙަތެއް ލިބިގަތުމުގެ މައްޗަށް އިސްކުރެވިގެންވެއެވެ." މިޤާޢިދާގެ ދަށުން، ފަސާދަތަކުން ދުރުވުން، ލިބިދާނެ މަސްލަޙަތުގެ މައްޗަށް އިސްކުރަން ޖެހެއެވެ.

ވީއިރު، އަޅުގަނޑުމެން ފުންކޮށް ވިސްނާލުން ހުއްޓެވެ. ޔަހޫދީންނާއި ނަޞާރާއިންގެ މަޅީގައިޖެހި، ދިވެހި މުޖުތަމަޢު އިސްލާޙުކުރުމުގެ ނަމުގައި ފަސާދަވިޔަ ނުދޭށެވެ. ފަސާދައަށްޓަކައި ޝަރުޢުގައި ބަންދުކުރެވިފައިވާ މިފަދަ ދޮރުތައް ހުޅުވަން މަސައްކަތް ނުކުރާށެވެ. އެދޮރު ބަންދުކުރީކީ އަޅުގަނޑުމެންނެއް ނޫނެވެ. އެދޮރުގެ ފަހަތުގައިވާ ކަންތައްތައް އެންމެ މޮޅަށް ދެނެވޮޑިގެންވާ ފަރާތުންނެވެ. ދޮރުގެ ފުރަގަހުގައިވާ ފަސާދަތައް އަޅުގަނޑުމެންނަށް އިޙްސާސްވެސް ނުކުރެވޭނެއެވެ. މިޙަދީޘާއިމެދު ފުންކޮށް ވިސްނާލައްވައި، ހަމައެކަނި އެފަދަ ފަސާދަތަކާއި ފިތުނަތަކުގެ ބޮޑުކަމާއި ނުރައްކާތެރިކަން ހިތައް ތަސައްވަރުކޮށްލާށެވެ.

އަޅުގަނޑުމެން މި މުސްލިމު މުޖުތަމަޢުއަށް އަންހެނުންގެ ޙައްޤުގަތަކާއި ދެޖިންސުގެ ހަމަހަމަކަން ނުލިބިގެން އަޑުގެކޮޅަށްމެ "ވީދެމުން" ހަތަރެސް ފަޔަށް ހިނއަރައިގެން ދުވަމުންދާ އެމެރިކާއާއި ޔޫރަޕްގެއިތުރުން އެންމެ ބޮޑު ޑިމޮކްރަސީގައި އަންހެނުންގެ ޙައްޤުތަށް ހިމާޔަތްކުރެވި ރައްކާތެރިކުރެވިފައިވާވަރު ލޮބްވެތި އުޚްތުންނޭވެ ހިއްމައްޗަށް ނިކަން ގެނެސްގަންނާށެވެ. އެމެރިކާ ޔޫރަޕްގައި ކޮންމެ ތިންމިނަޓުން ރޭޕް ކޭސްއެކެވެ. އިންޑިއާގައި ވިހޭގޭތާ ފޫޅުނުވެއްޓޭ ތުތްތު މައުޞޫމު ކުޑައަންހެން ކުދިންނަށް ދާންދެން ރޭޕްކުރެވެނީއެވެ. މައިން ބަފައިން ވެގެން ވެސްމެއެވެ. ޝަކުވާ ހުށައެޅުމަށް "ކަލާނގެ ސަފީރުން" ކައިރިއަށް ދިއުމުންވެސް ކުރަނީ ހަމަ ރޭޕެވެ!!!!!

ވީމާ، ޝަރީޢަތުގައި މަނާކުރައްވާފައިވާ ކަންކަން، އަޅުގަނޑުމެންގެ ބުއްދިން ވިސްނާފައި ފަހަނަ އަޅައި ނުދާށެވެ. އިސްލާމްދީނުގެ އިންތަށް ފަހަނައަޅައިގޮސްގެން ކިތަންމެ ޢިއްޒަތަކާއި ގަދަރެއް އަދި ރައްކާތެރިކަމާއި ކަރާމާތެއް ހޯއްދަވަން ލޮބްވެތި އުޚްތުން އުޅުއްވިއެއްކަމަކު އިތަޔާއި ނުލައި މުތެއް މުތަކަށް ވާނެތޯއެވެ ؟؟

މާތް ﷲ، އަޅުގަނޑުމެން އެންމެންނީ ޙައްޤު ޤަބޫލުކޮށް އެއަށް ތަބަޢަވާ ބަޔަކުކަމުގައި ލައްވާށިއެވެ. އަދި އަޅުގަނޑުމެންގެ މުޖުތަމަޢު، އެންމެހާ ފިތުނަތަކާއި ވަބާތަކުން ސަލާމަތް ކުރައްވައި ފާނދޭވެ. އާމީން!

ނިމުނީ