-
-
ހައިވެ ހާންތިވެފައިވާ މިނިކާވަގެއްގެ އަތްދަށުން ސަލާމަތްވެވުނު ފަތްމިނި ކަމަނާ

ހައިވެ ހާންތިވެފައިވާ މިނިކާވަގެއްގެ އަތްދަށުން ސަލާމަތްވެވުނު ފަތްމިނި ކަމަނާ

ހައިވެ ހާންތިވެފައިވާ މިނިކާވަގެއްގެ އަތްދަށުން ސަލާމަތްވެވުނު ފަތްމިންޏެއްގެ ވާހަކަ🌹

ADS BY FENVARU

އަހަރެން ފެންނަ ކޮންމެ ފަހަރަކު، ހައިވެ ހާންތިވެފައިވާ މިނިކާވަގެއް ހެން އޭނާ ކަޅި އަޅަންފަށަ އެވެ. ކޮންމެ ދުވަހަކު އެތައް ތީރުތަކެއް ރުވާފައި، ސީދާ އަހަރެންގެ މެޔަށް އޭނާ އަމާޒު ކުރެއެވެ. ޝިކާރަވެރިއަކު ފާރަލާހެން އަހަރެންގެ ހަށިގަނޑަށް އޭނާ ދިޔައީ ފާރަވެރިވަމުންނެވެ. މިއީ އެންމެ ފުރަތަމަ އޮފީހަށް ނިކުތް ދުވަހުން ފެށިގެން، އެތަނުގެ ވެރިމީހާ އަހަރެންނާއި މެދު ދެކެމުން ދިޔަ ގޮތެވެ.

އަހަރެންނަކީ އަޚުލާގު ރަނގަޅު ބަނިއާދަމް ކަމަށް ލޯބިކުރާ މަޑުމައިތިރި ކުއްޖަކީމެވެ. އެއިރު އަހަރެންގެ އުމުރުން 27 އަހަރެވެ. ބައްޓަން ރީތި ހަށިގަނޑެއް ލިބިފައި ވުމަކީ އަހަރެންގެ ކުށެއް ނޫންތާ އެވެ. އަދި ކިއެއްތަ އެކަމައި ބޮޑާވެ އެކަން އިޝްތިހާރު ކޮށެއްވެސް އަހަރެން ނުހަދަމެވެ. އަބަދުވެސް ގަޔަށްދޫކޮށް ހެދުން އަޅައި އުޅުމަށް ލޯބި ކުރަމެވެ. ފަސްވަގުތު ނަމާދު ކުރަމެވެ. ވީވަރަކުން ދީނީ ކަންކަމަށް އިސްކަން ދިނުމަކީ އަހަރެންގެ މައިން ބަފައިންގެ ފަރާތުން ވާރުތަވެފައިވާ ރީތި އާދައެކެވެ.

އަހަރެން އަދާކުރަމުން އައީ ސަރުކާރު ވަޒީފާއެކެވެ. ތަނުގެ އިސްމީހާގެ އުނދަގޫ ދުވަހެއް ދުވަހަކަށް ދިޔައީ ބޮޑުވަމުންނެވެ. އަހަރެންގެ ކުރިން ކިތަންމެ އަންހެން ކުއްޖަކު އޭނާ ޝިކާރަކުރި އެވެ. އެއީ ތިންކުދިން ނުހަނު ލޯބިވާ ބައްޕައެކެވެ. އަންބަކު އިންތިހާ އަށް އިތުބާރު ކުރާފިރިއެކެވެ. ފޭސްބުކާއި، ވައިބައި އިން އެހާ މެސެޖް ކުރެއެވެ. އެވަރަށް ގުޅައެވެ. އޮފީހުގެ އިސްމީހާ ކަމުގައި ވާތީ ނަންބަރ ބުލޮކް ކޮށްފި ނަމަ އޮފީސް މަސައްކަތްތަކަށް ބުރޫ އަރާނެ އެވެ.

އެންމެ ފަހުން އަހަރެން އެއްބަސް ވީމެވެ. އޭނާގެ ދައުވަތު ޤަބޫލުކޮށް އަހަރެންގެ ގާތައް އައުމުގެ އިޒުނަ ދިނީމެވެ. ނިކަން ވިއްސާރަ ރެއެކެވެ. ވެހެމުން ދިޔަ ބޯވިއްސާރައިގައި ވެސް ގަޑި ނުޖެހި އައިސް އަހަރެންގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލި އެވެ. އެއިރު ގަޑިން މެންދަމުން އަލިވެ ދެގަޑި ބައިވީ އެވެ. އޮފީހަށް ދާއިރު ހެދުން އަޅާފަދައިން ހެނދުން އަޅައި ރީތިވެގެން އަހަރެން ހުރީމެވެ. ދޮރު ހުޅުވައި ކޮޓަރިއަށް ވައްދައިފާއި ކޮފީއެއް ދިނީ މެވެ.

އެންމެ ފުރަތަމަ ވައުދުވާށެވެ. މިރެއަށް ފަހު އަހަރެންނަށް ދުވަހަކުވެސް އުނދަގޫ ކޮށްގެން ނުވާނެއެވެ. ހިތް އަވަސް ވެފައިވާލެއް ބޮޑުކަމުން އޭނާ ނިކަން އަވަހަށް އާނއެކޭ ބުންޏެވެ. ދެން އަހަރެން ބުނީމެވެ. ތިބާ އަށް އޮތީ ދެގޮތެކެވެ. ފުރަތަމަ ގޮތަކީ ވުޟޫކޮށްގެން އައިސް ދެރަކުއަތް ނަމާދެއް ކުރާށެވެ. އެއަށްފަހު ތިބާ ބޭނުން ގޮތަކަށް އަހަރެންނާއި އެކު އެދުން ފުއްދާށެވެ. ދެވަނަ ގޮތަކީ އަހަރެންނާއި ގަދަ ކަމުން ގުޅުން ހިންގާށެވެ. ބޭނުމީ ކޮންގޮތެއް ހެއްޔެވެ. ބޭނުން ގޮތެއް އިހްތިޔާރު ކުރާށެވެ. މިހެން ބުނެފައި އަހަރެން ވެސް ދެރަކުއަތް ނަމާދެއް ކުރަން ފަށައިފީމެވެ. މިކަމުން ނަޖާކުރެއްވުން އެދި ދެންނެވުމަށެވެ.

ދުލުން އެންމެ ލަފުޒެއްވެސް ބޭރުކޮށްނުލާ އިރުގަނޑެެއް ވަންދެން އެހެން އިނެވެ. ގުޑިވެސް ނުލައެވެ. އިރުކޮޅަކުން ތެދުވެ ވުޟޫކޮށްގެން އައިސް ދެރަކުއަތް ކޮށްފި އެވެ. އެއަށް ފަހު ބާރުބާރަށް ގިސްލާ ރޯންފަށައިފި އެވެ. އަހަރެންނާއި ދިމާއަށް ބަލައިވެސް ނުލައެވެ. ރުއިމިގެ އަޑާއިއެކު ތެދުވެ. "އަހަރެންނަށް މާފުކުރޭ" މިހެން ބުނެފައި ނިކުމެގެން ހިނގައްޖެއެވެ.

ނޯޓު: އަހަރެން ކަންތައް ކުރީ އެންމެ ރަނގަޅަށް ނޫން ކަމުގައި ވެސް ވެދާ ނެއެވެ. ނަމަވެސް ނަތީޖާ ރަނގަޅު ވީތީ އުފާކުރަމެވެ. އަހަރެން މިކަން ކުރީ ހިތާހިތުން ދުޢާ ކުރަމުން ނެވެ. މިކަމުން ސަލާމަތް ކުރެއްވުމަށް އެދި އާދޭސް ދަންނަވަމުން ނެވެ. މިއީ ހައިވެ ހާންތިވެފައިވާ ސިންގާއެއްގެ އަތްދަށުން އަހަރެން ސަލާމްތްވި ގޮތުގެ ވާހަކަ އެވެ.

މިވާހަކައިން މިހާރުގެ ޒުވާން ޖީލަށް ޢިބުރަތްތެރި ފިލާވަޅެއް ލިބޭނެކަމަށް އުންމީދު ކުރަމެވެ.