-
-
ސުޝާންތު މަރުވީ އަމިއްލައަކަށް ނޫން، ބަޔަކު އޭނާ މަރާލީ! ސުޝާންތުގެ ބޭބެ ފޮޓޯ:އިންސްޓަގްރާމް

ސުޝާންތު މަރުވީ އަމިއްލައަކަށް ނޫން، ބަޔަކު އޭނާ މަރާލީ! ސުޝާންތުގެ ބޭބެ

ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި، ސުޝާންތް ސިންގް ރާޖްޕުތުގެ ޕޯސްޓްމޯޓަމް ރިޕޯޓުން ހާމަވާ ގޮތުގައި، އޭނާ މަރުވެފައިވަނީ ދަންޖެހުމުގެ ސަބަބުން ނޭވާ ނުލެވިގެކަމަށް ވީނަމަވެސް، އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ ބުނަނީ، އެއީ ސޫސައިޑެއް ނޫންކަމަށާއި ބަޔަކު އޭނާ މަރާލީ ކަމަށެވެ.

ADS BY FENVARU

ސުޝާންތު މަރުވިކަން އެގުނީ ހެދުނު ކޮޓަރިން ނުނުކުމެގެން ޑަބަލް ތަޅުދަނޑިއަކުން ކޮޓަރި ހުޅުވުމުންނެވެ. އެގޭގެ މަސައްކަތު މީހާއަށް ފެނުނީ ސުޝާންތު ފަންކާގައި ދަންޖެހިފައި ހުއްޓައެވެ.

ސުޝާންތުގެ މަރުގެ ޚަބަރު ލިބުމާއިއެކު، އޭނާގެ ބައްޕައަށް ކުއްލި ޝޮކެއްލިބި ވަގުތުން ވެއްޓުނުކަމަށް އިންޑިޔާގެ މީޑިޔާތަކުން ރިޕޯޓުކޮށްފައި ވެއެވެ. އޭނާގެ މުޅި އާއިލާގެ އިތުރުން، މުޅި ބޮލީވުޑާއި ފޭނުންވެސް، އޭނާ މަރުވެފައިވާ ކަމަށް ގަބޫލު ނުކުރާކަމަށް ބުނެ އަދިވެސް އަޑު އުފުލަމުން ގެންދެއެވެ.

އޭނާ މަރުވުމުގެ ކުރިން، ގާތް ރަހުމަތްތެރިއެއްގެ އިތުރުން އޭނަގެ ދައްތައަށް ފޯނުން ގުޅާފައި ވާކަމަށް ތަހުގީގަށް މިހާތަނަށް އެނގިފައި ވެއެވެ.

ސުޝަންތުގެ މަރާބެހޭ ގޮތުން އިންޑިޔާގެ ފުލުހުންނާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުން، އޭނާ ދިރިއުޅޭ ގެއިން ސުއިސައިޑް ނޯޓެއް ފެނިފައި ނުވާކަމަށާއި، ނަމަވެސް މީގެ ހަމަސް ކުރިން ފެށިގެން އޭނާ ޑިޕްރެޝަންއަށް ނަގަމުންއައި ބޭސްތަކާއި، އޭގެ ބޭސް ސިޓީ ފެނިފައިވެއެވެ. ޕޯސްޓްމޯޓަމްއާއިއެކު ސުޝާންތު ކޮވިޑްއަށް ޓެސްޓު ކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ސުޝާންތުގެ މަރުގެ މައްސަލަ އިތުރަށް ތަހުޤީގުކުރުމަށް އެދި ސުޝާންތުގެ ބޭބެ ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

(ހިންދުސްތާންޓައިމް)