-
-
ކަސޯޓީ ޒިންދަގީކީ 2: ބަޖާޖް އަނެއްކާވެސް ބަދަލުވަނީބާ!

ކަސޯޓީ ޒިންދަގީކީ 2: ބަޖާޖް އަނެއްކާވެސް ބަދަލުވަނީބާ!

ސްޓާރޕްލަސް އިން އިން ދައްކާ ސީރިއަލްއެއް ކަމަށްވާ " ކަސޯޓީ ޒިންދަގީކީ 2 " ގައި ބަޖާޖްގެ ރޯލުން ފެނިގެންދިޔަ ކަރަން ސިންގ ގްރޯވާ ދެން އެސީރިޔަލްއިން ފެނިގެން ނުދާނެކަމަށް ރިޕޯޓްތަކުން ބުނެފިއެވެ. އަދި ކަރަންގެ ބަދަލުގައި ދެންފެނިގެންދާކީ ގޯރަވް ޗޯޕްރާ ނޫނީ ޝަރަދް ކެލްކަރު ކަމެއް އަދި ހާމައެއް ނުކުރެއެވެ.

ADS BY FENVARU

އެކްތާ ކަޕޫރުގެ "ކަސޯޓީ ޒިންދަގީކީ" އަކީ ބެލުންތެރިންގެ މެދުގައި ވަރަށް މަޤްބޫލު ސީރިއަލެކެވެ. އެހެންކަމުން މިހާރު ސްޓާޕްލަސް އިން ދައްކަމުން ދަނީ އެސީރިއަލްގެ ދެވަނަ ސީޒަންއެވެ. މީގެ ކުރިން މިސީރިއަލްގައި ކޮމޮލިކާގެ ބައި ކުޅުނު ހީނާ ޚާންއެވެ. އެހެންނަމަވެސް ހީނާ މިޝޯ ދޫކޮށްލުމުން މިހާރު ކޮމޮލިކާގެ ރޯލުން ފެނިގެންދަނީ އާމްނާ ޝަރީފްއެވެ. އާމްނާ ގެ މޮޅު ހުނަރާ ކުޅަދާނަކަން މިޝޯއިން ހާމަވެގެންދާނެއެވެ. ކަރަން އާއި އާމްނާގެ ރޯލަކީ ބެލުންތެރިންގެ މެދުގައި މަޤްބޫލު ދެރޯލެވެ.

މީގެކުރިންވެސް ކަރަންސިންގް ގްރޯވާ މިޝޯ ދޫކޮށްލިކަމުގެ އަޑުތައް އައީ ފެތުރެމުންނެވެ. ނަމަވެސް އަލުން ޓީމާ ގުޅުމަށްފަހުގައިވެސް ކަރަން މިވަނީ ކޮވިޑްގެ ކަންތަކާހެދި ޝޫޓިންގތަކަށް ނައިސް ޝޫޓިންގތައް މަޑުޖައްސާލާފައެވެ.

ކަރަން މިގޮތަށް ކަންތައްކުރުމާއި ގުޅިގެން ކަރަންގެ ބަދަލުގައި ގޯރަވް ނަގަން ނިންމާފައިވާއިރު މީޑިޔާގައި މިހާރު ފެތުރެމުންދާ ޚަބަރަކީ ބަޖާޖްގެ ރޯލުން ދެން ފެނިގެންދާނީ ގޯރަވް ނޫން ކަމަށާއި އެރޯލް ކުޅުމަށް ޝަރަދް ކެލްކަރުއަށް ހުށަހަޅާފައިވާ ކަމަށް ބޮލީވުޑް ލައިފް ނިއުސްގައި ވަނީ ބުނެފައެވެ. އެހެންނަމަވެސް މިކަމުގައި އަދި ޝަރަދްގެ ބަހެއް ލިބިފައި ނުވާކަމުގައެވެ.

"ކަސޯޓީ ޒިންދަގީކީ 2" ގެ ބަޖާޖްގެ ރޯލަށް މިވަނީ ކިހިނެއްބާއެވެ. މިރޯލުން ދެން ފެނިގެންދާނީ ކާކުބާއެވެ. މިއީ މިހާރު ބެލުންތެރިންގެ މެދުގައި ބަހުސްކުރެވެމުންދާ ކަމެކެވެ.

(ބޮލީވުޑް ލައިފް)