-
-
އުޑު އުނގަށް ލައިދިނަސް، ހަނދު ކޮބައިތޯ ސުވާލު ކުރާނެ

އުޑު އުނގަށް ލައިދިނަސް، ހަނދު ކޮބައިތޯ ސުވާލު ކުރާނެ

އަރައިގެން އަންނަ އިރާއިއެކު، ރަޖާގަނޑު ނަގާ އެއްލައިލައެވެ. އިރު އޮއްސި ރޭދެބައިވެ ނުދަނީސް މަސައްކަތް ހުއްޓާ ނުލައެވެ. އެކި މީހުން ކުރާނީ އެކި މަސައްކަތެވެ. ނަމަވެސް ނިޔަތް އެއް ގޮތެވެ. އަނބިދަރިންގެ ހައްގުގައި މަސައްކަތް ކުރުމަކީ ފިރިހެނުން އެބައި މީހުންގެ އުފަލެއް ކަމުގައި ހަދައެވެ. ދެކެމުން އަންނަ ކިތަންމެ ހުވަފެނެއް އެއްފަރާތުގައި ބަހައްޓާފައި، އަނބިދަރިންގެ ޚިދުމަތުގައި ދެމިތިބެއެވެ. ލިބޭ އާމްދަނީގެ ބޮޑު އިންސައްތައެއް އެމީހުން ހޭދަކުރަނީ މި މޭރުމުންނެވެ.

ADS BY FENVARU

ހިތާމައަކީ މި ފަދަ ކަންކަން ދެނެގަނެ، ޝުކުރުވެރިވާން ބައެއް އަނބިންނަށް ނޭނގުމެވެ. ނުވަދިހަ ނުވަ ކަންތައް ކޮށްދީފައި، ސަތޭކަ ވަނަ ކަންތައް ކޮށްނުދެވި، ނުވަތަ ކޮށްދިނުމުގައި ލަސްކަމެއް މެދުވެރި ވެއްޖެ ނަމަވެސް އެމީހުންގެ ދުލުން ނިކުންނަނީ ފިރިއެއްގެ ހިތަށް ކެތްވާފަދަ ޖުމުލަތަކެއް ނޫނެވެ.

އަހަރެން ބުނެގެން ދުވަހަކުވެސް ކަމެއް ވާކަމަކަށް ނުހަދައެވެ. އެއް ކަމެއް ވެސް ނުކޮށްދެއެވެ. ކަލޭ ކޮށްދިނީ ކޮން ކަމެއް ހެއްޔެވެ. އެނގޭ ހެއްޔެވެ. އުޑު ގެނެސް އެބައި މީހުންގެ އުނގަށް ލައިދިނަސް، ތަރިރުހަނދު ކޮބައިތޯ އެމީހުން ސުވާލު ކުރާނެއެވެ.

އަބަދުވެސް ފެންނާނީ ނުކޮށްދެވި ހުންނަ ކަންކަމެވެ. ލިބުނު އެއްޗަކަށް ޝުކުރުވެރި ވުމެއް ނޯވެއެވެ. ފިރިއެއްގެ ކަނފަތުގައި މިފަދަ ޖުމުލައެއް ޖެހޭ ހިނދު، ކަރުނަވަޅަށް ނިކަން ބާރު ކުރާނެއެވެ. ނަމަވެސް ގިނަ ފިރިހެނުން ހިތްވަރައި އެކު އެތެރޭގައި އެކަން ފޮރުވާލައެވެ.

މިހިރަމިހިރަ ކަންކަމައި މެދު ވިސްނާ ފިކުރުކޮށްލަ ބަލާށެވެ. ފިރިންގެ އަނގުވަޒަން ކުރާނީ އަނބިންނެވެ. މަދުމިންވަރަށް ވެސް ޝުކުރުވެރި ވާށެވެ.

ލިޔުން ކަމުދިޔަ ނަމަ ޝެއަރ ކޮށްލަދެއްވުމަށް ފަހު، https://www.facebook.com/fenvaru/ޕޭޖަށް ލައިކެއް ޖައްސަވާލަ ދެއްވަން ވާނެއެވެ.