-
-
ފާޒިލްގެ ވީޑިޔޯއިން ޝަރުމީލާޔާއި މެދު އިތުރު ސުވާލު

ފާޒިލްގެ ވީޑިޔޯއިން ޝަރުމީލާޔާއި މެދު އިތުރު ސުވާލު

ރާއްޖޭގެ މަޝްހޫރު ފިޓްނަސް އިންސްޓްރަކްޓަރ އަދި މޮޑެލް ފާއިޒް އިސްލާއިލް(ފިޓް ފާޒިލް) ހުޅުވާލި ގިވްއަވޭ ޕޯސްޓާއި އެކު އެތައްބަޔަކު އެވާހަކަ ދައްކަންފެށިއެވެ. އެތައް ބަޔެއްގެ ސްޓޯރީއަށް ޕޯސްޓުލައި، ގުރުއަތުގައި ބައިވެރިވުމަށް މަސައްކަތްކުރިއެވެ. އެހެންނަމަވެސް ޖޫން20 ވަނަ ދުވަހު ގުރުއަތު ނެގުމަށްފަހު އެ ހުރިހާ އިނާމެއްގެ ހައްޤުވެރިޔަކީ ފާތިމަތު ޝަރުމީލާއެއް ކަމަށް ފާޒިލް ވަނީ އިޢުލާންކޮށްފައެވެ. އަދި އޭނާ ޤުރުއަތު ނެގި ވީޑިޔޯވެސް އިންސްޓާރގުރާމުގައި ހިއްސާކޮށްފައިވެއެވެ.

ADS BY FENVARU

އެޔާއެކު އޭނާގެ ގުރުއަތުލުމަށް އިންތިޒާރުކޮށްގެން ތިބި އެތައްހާސް މީހުންގެ ހިތްތަކުގައި އެއީ ސައްޚަ ގުރުއަތުލުމެއްތޯ ސުވާލު އުފެދުނެވެ. އަދި އެކަމާ ބެހޭގޮތުން އެކި މީހުން އަމިއްލަޔަށް ދިރާސާތައްވެސް ދިޔައީ ކުރަމުންނެވެ. ޝަރުމީލާއަކީ ހަޤީގަތުގައިވެސް ވުޖޫދުގައި ހުރި މީހެއްތޯ މީހުން ސުވާލުކުރަންފެށި ސަބަބުތައް ބައިވަރެވެ.

ފުރަތަމަ ކަމަކަށް ޝަރުމީލާގެ ނަމުގައި ފާޒިލްގެ ޕޯސްޓަށް ކޮމެންޓުކޮށްފައިވަނީ އެއްފަހަރުއެވެ. އަދި އެ ކޮމެންޓުގައި ޓެގްކޮށްފައިވަނީ ރާއްޖޭގެ މަޝްހޫރު ފިގަރއެއް ކަމަށްވާ ކައިޒީންގެ އިތުރުން ވިޔަފާރި ކުރާ ޕޭޖްއެކެވެ. ސުވާލު އުފައްދާ މީހުން ބުނާގޮތުން ޝަރުމީލާއާއި އިންސްޓާގުރާމުން މިޔުޗުއަލް ފުރެންޑެއްގޮތައް ދިމާވާ އެކަކުވެސް ނެތެވެ. އަދި ޝަރުމީލާ ހޯދުމަށް އެހެން މީހުންނަށް ގޮވާލައި ބަޔެއް މީހުން ވަނީ މީސްމީޑިޔާގައި އެކި ޕޯސްޓުތައް ލިޔެފައެވެ.

ފޭސްބުކުގައި މީހަކު ލިޔެފައިވަނީ " އަހަރެންގެ 1656 ފޮލޯވަރުން އެބަތިއްބެވެ. އޭގެތެރެއިން އެކަކުވެސް ޝަރުމީލާ ފޮލޯކޮށްފައެއްނެތެވެ. އެއީ ނާދިރު ކަމެކެވެ. އަދި ހަމައެޔާއެކު ގުރުއަތުން ހޮވުނީ ޝަރުމީލާކަމަށް ބުނެ ފާޒިލް އަޕްލޯޑުކޮށްފައިވާ ވީޑިޔޯ ވަނީ އެޑިޓްކޮށް، އޭގެ ސައިޒުވެސް ކުޑަކޮށްފައެވެ".

ކޮންމެއަކަސް މި މޭރުމުން ފާޒިލްއަށް ނިސްބަތްކޮށް ވަރަށްބޮޑަށް މީހުން ފާޑުކިޔަމުން ދަނިކޮށް މީގެ ކުޑަ އިރުކޮޅެއްކުރިން ފާޒިލް ވަނީ ޝަރުމީލާ އާއި އެކު ވީޑިޔޯއެއް އަޕްލޯޑުކޮށްފައެވެ. އެޔާއެކު ފާޒިލް ބުނަނީ އިނާމުތައްވަނީ ހައްޤުވެރި ފަރާތައް ހަވާލު ކުރެވިފައި ކަމަށެވެ. އެހެންނަމަވެސް އެ ވީޑިޔޯ އާއި ފޮޓޯކުރިން އަޕްލޯޑު ނުކުރީ ޝަރުމީލާއެކަމަށް އެއްބަސް ނުވުމުންނެވެ. " އަހަރެންގެ ޒިންމާއަކީ އެ އެކައުންޓުގެ ވެރި ފަރާތައް އިނާމުތައް ރައްދުކޮށްދިނުން. އެކަން އަހަރެން ކޮށްފިން. ވެދާނެ ޝަރުމީލާ، އެ އަ "އައި.ޑީ." އެފެއްދީ ހަމައެކަނި މި ޤުރުއަތުގައި ބައިވެރިވާން ކަމަށް، އެހެންނަމަވެސް މީސްމީޑިޔާގައި މިވާހަކަތައް މިގޮތައް ދައްކަން ފެށުމުން ޝަރުމީލާ ނިންމައިފި އިނާމުތަކާއި އެކު ވީޑިޔޯއެއް އަޕްލޯޑުކުރަން".

ފާޒިލް އެދެނީ ޝަރުމީލާގެ "ޕްރައިވެސީ" އަށް އެންމެވެސް އިޙުތިރާމުކުރުމަށެވެ. އެހެންނަމަވެސް މިދެންނެވި ވީޑިޔޯއާއި އެކު ކަންވީ މުޅިން ތަފާތުކޮށެވެ. މީސްމީޑިޔާގައި ކުރެވެންފެށީ އިތުރު ތަހުޤީގެވެ. ފާޒިލް އާއި ޝަރުމީލާ އަދި އިނާމުތަކާއި އެކު އަޕްލޯޑުކޮށްފައިވާ ވީޑިޔޯގައި ޝަރުމީލާ އިނީ މޫނު ބުރުގާ އަޅައިގެންނެވެ. އެހެންނަމަވެސް ޝަރުމީލާގެ އައިޑީ އިން ފާޒިލްގެ ޕޯސްޓަށް ކޮމެންޓު ކުރިއިރު ފެންނަނީ މޫނާއި ކަނދުރާ އެއްކޮށްފެންނަން އިންނަ އަންހެންކުއްޖެކެވެ. މި ވީޑިޔޯ އަޕްލޯޑުވުމާއި އެކު އިންސްޓާގުރާމަށް ލާފައި އިން ފޮޓޯ ބަދަލުކުރުމާއިއެކު އިތުރަށް ސުވާލު އުފެދިއްޖެ ކަމަށް ގިނަ މީހުން އަންނަނީ ބުނަމުންނެވެ.

" ޝަރުމީލާގެ ރަށާއި، ގޭގެ އެޑްރެސް ނުބުނެވުނީ ކީއްވެ؟ އެހާ ބޮޑު ގިވްއަވޭ އަކާއި ހަވާލުވާންދިޔައީ މޫނު ބުރުގާ އިސްތިރިވެސް ނުކޮށްތަ؟" އިތުރު މީހަކު ފޭސްބުކުގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ލިޔެފައިވެއެވެ. ކޮންމެއަކަސް މިވާކަތައް މިވަނީ ވަރަށްބޮޑަށް ވައިގަ ހިފައިފައެވެ.

ޝަރުމީލާއަކީ ހަޤީގަތުގައިވެސް ފާޒިލްގެ އިނާމުތައް ލިބުނު ނަސީބުވެރިޔާތޯ ބަލަން ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރަމުންދަނިކޮށް ފާޒިލްމިވަނީ އެކަން ސާބިތުކޮށްދޭން އޭނާޔާއިއެކު ވީޑިޔޯއެއްވެސް އަޕްލޯޑުކޮށްފައެވެ. ފާޒިލްފަދަ މަޝްހޫރު މީހުންގެ ލޯބި ލިބިފައިވާ މީހަކު މިހާ ބޮޑު އޮޅުވާލުމެއް އޮޅުވާލާފާނެކަމަށް ޤަބޫލު ނުކުރާ އެތައްބަޔަކުވެސް އެބަތިއްބެވެ. ނަމަވެސް ސުވާލު އުފައްދާ މީހުން ޝަރުމީލާގެ ލޮލާއި ވައްތަރު މީހުންގެ ލޮލާއި އަޅާކިޔަނީއެވެ. ކަންނިމޭނީ ކޮންގޮތަކަށް ކަމެއް ނޭނގެއެވެ.