-
-
ސޯޝަލް މީޑިޔާ ދޫކޮށްލުމަކީ ހައްލެއްބާ!

ސޯޝަލް މީޑިޔާ ދޫކޮށްލުމަކީ ހައްލެއްބާ!

ފޮލޯވަރުންނާއި ފޭނުންގެ މަލާމާތައި ފުރައްސާރަތަކާހެދި ބޮލީވުޑްގެ މަޝްހޫރު ތަރިން ސޯޝަލް މީޑިޔާ ދޫކޮށްދާން ފަށައިފިއެވެ.

ADS BY FENVARU

މަޝްހޫރު ލަވަކިޔުންތެރިޔާ ނޭހާ ކައްކަރުވެސް ސޯޝަލްމީޑިޔާ ދޫކޮށްލައިފިކަން އިންސްޓާގްރާމް ޕޯސްޓަކުން ހާމަކޮށްފިއެވެ.

ސޯޝަލްމީޑިޔާގައި މީހުންގެ މަލާމާތުގެ ބަސްތަކުން ސަލާމަތްވުމަށްޓަކައި ސޯޝަލް މީޑިޔާ ދޫކޮށްލާފައިވާކަމަށް ރިޕޯޓްތަކުގައިވެއެވެ.

ނޭހާ ބޭނުންވަނީ އުފަލުގައި އުޅުމަށް ކަމަށާއި އެކަމަކު އެގޮތަށް އެކަން ނުވާކަމަށް މީޑިޔާގައި ހާމަކޮށްފައިވެއެވެ. މީހުންގެ ބަސްތަކުން ނޭހާގެ ހިތް އިތުރަށް ނުތަނަވަސްވެ ޑިޕްރެޝަންއަށް ދިޔުމުގެ ކުރިން މީޑިޔާ ދޫކޮށްލީއެވެ.

ބޮލީވުޑްގެ މަޝްހޫރު ބަތަލް ސުޝާންތު ސިންގ ރާޖްޕުތް އަމިއްލައަށް މަރުވުމަށްފަހު ބޮލީވުޑްއަށް މިވަނީ ބިންހެލުމެއް އައިސްފައެވެ. ސޯޝަލް މީޑިޔާގައި ގިނަތަރިންނަށް މަލާމާތާއި ފުރައްސާރަ ކުރުން އިތުރުވެގެން ގޮސްފައިވާއިރު، ބަތަލާ ސޮނާކްޝީ ސިންހާވެސް މިވަނީ މިދިޔަ ހޮނިހިރު ދުވަހު ޓްވިޓާ އެކައުންޓް ބަންދުކޮށްފައެވެ.

ސޮނާކްޝީގެ އިތުރުން އާޔުޝް ޝަރުމާ، ޒަހީރް އިގްބާލްގެ އިތުރުން 2018 ވަނަ އަހަރު ރިލީސްކުރި "ޑިޝޫމް" އިން މަޝްހޫރުކަން ހޯދާފައިވާ ސާގިބް ސަލީމްވެސް މިވަނީ ޓްވިޓާ ދޫކޮށްލާފައެވެ. ސުޝާންތުގެ ފިލްމެއް ކަމަށްވާ "ރާބްތާ" ގައި ބަތަލާގެ ބައި ކުޅުނު ކްރިތީ ސެނޮންވެސް މިވަނީ ސޯޝަލް މީޑިޔާއާ ދުރަށް ހިގައިދާނެކަމުގެ މެސެޖެއް މީޑިޔާއަށް ދީފައިވާކަން  ރިޕޯޓްތަކުގައި ބުނެފައިވެއެވެ.

 

Sonakshi Sinha, Aayush Sharma, Saqib Saleem, Zaheer Iqbal and ...

ސާގިބް ސަލީމް، އާޔުޝް ޝަރުމާ އަދި ސޮނާކްސީ ސިންހާ.

Zaheer Iqbal Wiki, Age, Height, Family, Biography, Movie & More ...

2019 ވަނަ އަހަރު ރިލީސްކުރި ފިލްމު "ނޯޓްބުކް" އިން ބޮލީވުޑްއަށް ތައާރަފްވި ޒަހީރް އިޤްބާލް.