-
-
ގިނައިރު އިށީނދެގެން އިނުމުން ލިބޭ ގެއްލުން އެގެން ބޭނުންތޯ؟

ގިނައިރު އިށީނދެގެން އިނުމުން ލިބޭ ގެއްލުން އެގެން ބޭނުންތޯ؟

ގިނައިރު އިށީނދެގެން އިނުމަކީ ކިތަންމެ ކުރަން ބޭނުން ނުވި ކަމުގައިވިޔަސް، އެންމެ ކުރަން ޖެހިފައިވާ އެއްކަމެވެ. 2009 އިން 2018 އަށް ކުރެވުނު ދިރާސާއަކުން ދައްކާގޮތުގައި މަސައްކަތުގެ މާހައުލުގައި އުޅޭއިރުވެސް ގިނައިރު އިށީނދެގެން އިންނަށް ޖެހުމުން ކެންސަރު ބައްޔަށް މަގުމަފިކުރުވައެވެ.

ADS BY FENVARU

ދުނިޔޭގެ މިހާރުގެ ހާލަތަށް ބަލާއިރު، އެކިކަންކޮޅުތަކުގައި ކޮވިޑްގެ ނުރައްކާ މިވަނީ ކުރިމަތިލާންޖެހިފައެވެ. އެހެންކަމުން ގިނަމީހުން ވަޒީފާ އަދާކުރަނީ ގޭގައި ތިބެގެންނެވެ. (ވޯކިންގ ފްރޮމް ހޯމް) ގޭގައި ތިބެގެން މަސައްކަތްކުރާއިރު ގިނައިރު ޖެހެނީ ކޮމްޕިއުޓާރ ކައިރީ އިންނާށެވެ. މިގޮތަށް އެތައް ގަޑިއިރެއް އިންނަންޖެހޭ ފަހަރުވެސް އާދެއެވެ. މިހެން ތިބެންޖެހުމުން ހަށިގަނޑަށް ލިބޭ ގެއްލުން އެގޭނަމަ އެއްވެސް ބަޔަކު މިގޮތަށް ނުތިބޭނެއެވެ.

ގިނަ ގަޑިތަކުގައި އިށީނދެގެން އިންނަން ޖެހޭނަމަ ބައިގަޑި އިރު ފަހުން ތެދުވެ ކުޑަކޮށް ހިގާލަން ޖެހޭނެއެވެ. ބައިގަޑިން ބައިގަޑިން ބްރޭކް ނަގާ ހިގާލަން ޖެހެއެވެ. އޭގެސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުމުގެ 31 ޕަސެންޓް މަދުވެގެންދާކަމަށް މިދިރާސާގައިވަނީ ފާހަގަކޮށްފައެވެ.

އެގޮތުން ދިމާވާ ސިއްޚީ މައްސަލަތަކުގެ ތެރޭގައި :

ބްލަޑް ޕްރެޝަރ އަދި ކޮލެސްޓްރޯލް މަތިވުން.

ހަކުރު ބަލި، ހިތުގެ ބަލި، ހާޓްއެޓެކް ޖެހުމަށް މަގުފަހިވުން.

އުރަމަތީ ކެންސަރު، ފުއްޕާމޭގެ ކެންސަރ ފަދަ ބަލި ޖެހުމަށް މަގުފަހިވުން.

ކަންތައްތައް އަވަހަށް ހަދާންނެތުން.

އުނަގަނޑާއި ދަށްބަނޑަށް ބާރުކޮށް ތަދުވުން.

ފައިގެ ނާރުތަކަށް ލޭ ދައުރުކުރުން މަދުވެ ނާރުތައް އައްސިވުން.

leg with redness and inflamation

ހަށިގަނޑަށް ވަރުބަލިކަން އިހުސާސްވެ ރުޅިގަދަވެ،  ޑިޕްރެސްވުން.

މައިބަދައަށް ގެއްލުން ލިބި ބުރަކަށީގައި، ކަރުގައި އަދި ކޮޑުގައި ރިއްސުން.

ފައިގެ ނާރުތަކުގައި ގޮށްޖެހި ނާރު ފުއްޕާ  ފަޔަށް ތަދުވުން.

varicose vein in leg

ހަށިގަނޑުގެ ބަރުދަންވެސް އިތުރުވާ ކަމެކެވެ.

woman with low back pain

 

މަސައްކަތުގައި ގިނަ އިރު ހޭދަކުރަން ޖެހުނުކަމުގައިވިޔަސް މިފަދަ ބަލިތަކުން ސަލާމަތްވުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަށް ބަލާއިރު:

ކޮންމެ ދުވަހަކު ހެދުނު ކަސްރަތް ކުރުން ނުވަތަ ޔޯގާ ޖެއްސިދާނެއެވެ.

އިށީނދެގެން އެއްގަޑިއިރު ހަމަވުމުން 5 މިނުޓްގެ ބްރޭކެއް ނަގާފަ ތެދުވެ ހިގާލަންވާނެއެވެ.

ކޮޑާއި ކަރުގެ ކަސްރަތެއް ކޮށްލާ، ހަށިގަނޑު ސީދަލަށް އިދެވޭކަހަލަ ގޮޑިއެއްގައި އިނުމަށް އާދަކުރާށެވެ.

Long sitting hours? Here’s how you can avoid health problemsLong sitting hours? Here’s how you can avoid health problems