-
-
މިފަހަރު ފިޓް ފާޒިލެއް ނޫން، "ޝަރުމީލާ" އާއިއެކު ލޮޓަސް އާއްޓޭ! އާއްޓެގެ "ޝަރުމީލާ ލަކީޑްރޯ" ގެ އިނާމު

މިފަހަރު ފިޓް ފާޒިލެއް ނޫން، "ޝަރުމީލާ" އާއިއެކު ލޮޓަސް އާއްޓޭ!

ފާއިތުވެ މިދާ ދެތިންދުވަހީ ޝަރުމީލާއެއް ނުފެނިގެން އެތަކެއް ބަޔަކު ސޯޝަލް މީޑިއާގައި "ފޮރެންސެކް" ތަހްގީގުތައްކޮށް، ޕްރޮފެސަރ ޢުޤައިލްގެ "ފޭސް ރެކޮގްނިޝަން" ސޮފްޓްވެއަރގެ ބޭނުން ހިފައިގެންވެސް، ބުނެވިދިޔަ ޝަރުމީލާއަކު ކަށަވަރު ނުކުރެވި ދިޔަ ދެތިން ދުވަހެވެ. އަދިވެސް އެތަކެއް ބަޔަކު އެމަސައްކަތުގައި ހޭބޯނާރައި އެބަހަރަގެން އުޅެމުން ދެއެވެ.

ADS BY FENVARU

މިހާލަތުގައި މުޅި މީސްމީޑިއާ ވަނިކޮށް، މަޝްހޫރު ވިޔަފާރިވެރިޔާ ލޮޓަސް އާއްޓެ މިވަނީ މިރޭގެ އިރާކޮޅުގެ ވަގުތެއްގައި ޓްވިޓަރ އަށް "ޝަރުމީލާ" އެއް ދޫކޮށްލާފައެވެ. 'ހަމަ "ގިވް އަވޭ" އެކެވެ. އެކަމަކު ފިޓް ފާޒިލް ހެދިގޮތަކަށް ނުހައްދަވާނެކަން ޔަގީނާއި ގާތެވެ. އެހެނީ އާއްޓޭއަކީ ސެލެބްރިޓީއެއް ނޫނެވެ. އަދި އާއްޓޭ ލަކީޑްރޯއަށް ހުޅުވާލީ، "ފޮލޯވަރުން" ކޮޅެއް އިތުރު ކޮށްލާކަށް ނޫނެވެ.

އާދޭހެވެ ! ވިޔަފާރި އިޝްތިހާރަކަށް ވެދާނެއެވެ. އެހެންނަމަވެސް ފާޒިލްހާ "ފޭކް" ނުވާނެތާދޯއެވެ. މި ރަމަޟާން މަހުގެ ތެރޭގައިވެސް ތަފާތު ލަކީޑްރޯތައް ހިންގިއެވެ. ޝަރުމީލާގެ ނަމުގައި ނޫނަސް މެއެވެ. "ގިވް އަވޭ" ލިބުން ފަރާތް ހޯދުމަށް ޑާޓާ ޕެކޭޖެއް ހުސްކުރަން ނުޖެހުނެވެ. އަދި އިނާމު ލިބުނުއިރު، "ޝަރުމީލާއިން" ތިބީކީ ފޮރުވާފައެއްވެސް ނޫންނެވެ. ހާމަކަން ބޮޑު ގޮތެއްގައި ކާކުކަން އެނގެއެވެ.

އާއްޓެގެ "ޝަރުމީލާ ލަކީ ޑްރޯގެ" އިނާމަކީ 26000 ރުފިޔާގެ އަގުހުރި، 125 ސީސީގެ މޮޓޯ ސަައިކަލެކެވެ. މި ލަކީޑްރޯ ކުރިއަށްދާނީ ޓްވިޓަރގައެވެ. ބައިވެރިވާން ބޭނުން ފަރާތްތަކުން އާއްޓެގެ ޕޯސްޓަށް 4 އަކުރުގެ އަދަދެއް ޖަހައި ކޮމެންޓް ކުރަމުން ގެންދާނީއެވެ. އަދި ކޮންމެ ކޮމެންޓެއްގައިވެސް އެއްފަހަރާ ލިޔެވޭނީ 5 އަދަދެވެ. އެހެނެއްކަމަކު ކޮމެންޓް ކުރުމަށް ހައްދެއް ސުމާރެއް ނެތެވެ. 27 ޖޫން 2020 ވަނަ ދުވަހުގެ ރޭގެ 11:00އާއި ހަމައަށް މި ލަކީޑްރޯ ދެމިގެން ދާނެއެވެ.

އާއްޓެގެ ލަކީޑްރޯ ޓްވީޓް

ފިޓް ފާޒިލްގެ ޝަރުމީލާ ހޯދުން ދޫކޮށްލާފައި، އާއްޓެ މިދެއްކި ޝަރުމީލާގެ އަތުގައި ހިފާށެވެ. ވިކްޓޯރިއާ ސީކްރެޓް ކޮސްމެޓިކް ސެޓެއް ނުލިބުނެއްކަމަކު، ކޮންމެވެސް އެކަކަށް ސައިކަލު ލިބޭނެކަން ކަށަވަރެެވެ. އާއްޓެވަނީ މިމަސައްކަތައް "ހިންޓެއް" ވެސް ދެއްވާފައެވެ. އަލުން އަނބުރައިގޮސް އާއްޓެގެ ޓްވީޓް ބަލައިލާށެވެ. ހިންޓް ލިބޭނެއެެވެ.