-
-
"ދަންޖެހުނު" ވަކީލުގެ މަރު ތަހްގީގު ކުރަންޖެހޭ؛ ވަކީލް މާނިޢު ވަކީލް ޢަބްދުﷲ މާނިޢު / ފޮޓޯ: އަވަސް

"ދަންޖެހުނު" ވަކީލުގެ މަރު ތަހްގީގު ކުރަންޖެހޭ؛ ވަކީލް މާނިޢު

މިއަދުގެ ވަގުތެއްގައި "ދަންޖެހިގެން" މަރުވި ގާނޫނީ ވަކީލުގެ މަރު، ތަހްގީގު ކުރަންްޖެހޭކަމަށް، ގާނޫނީ ވަކީލުންގެ ފަރާތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި ހިމެނޭ މެމްބަރު އަލްއުސްތާޛު ޢަބްދުﷲ މާނިޢު ވިދާޅުވެއްޖެއެވެ.

ADS BY FENVARU

ފުލުހުންގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުވެސް ޓެގް ކުރަށްވައި މާނިޢު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، "ވަކީލް ވައްހާބުގެ މަރުގެ މައްސަލާގައި ފުރިހަމަ ފުން ތަހުގީގެއް ހިންގަން ޖެހޭނެ ކަމަށް ދެކެން. ދަންޖެހުމެއް ކަމަށްބަލައި ތަހުގީގު އޮއްބައި ލެވިގެން ނުވާނެ" ކަމުގައެވެ.

މާނިޢުގެ އިތުރުން، ގާނޫނީ ވަކީލް އަދި މަޖްލިސް މެމްބަރު މޫސާ ސިރާޖުވެސް ވަނީ، މިމައްސަލަ ތަހުގީގުކުރުމަށް ފުލުހުންނަށް ގޮވާލަށްވާފައެވެ.  ސިރާޖު ކުރެއްވި ޓްވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ، ވަކީލު ވައްހާބަކީ މޮޅު އަޚްލާގު ރަނގަޅު ވަކީލެއްކަމުގައެވެ.

ނިޔާވި ވަކީލަކީ، ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރެއްގެ އިތުރުން، ޕަބްލިކް ޕްރޮސެކިޔުޓަރެއްގެ މަގާމު ކުރިން އަދާކޮށް، އަމިއްލަ ލޯފާމެއް ހިންގަވަމުން ގެންދެވި ބޭފުޅެކެވެ.

"ތިބާގެ އިހްސާސްތަކުގެ މައްޗަށް ސިކުނޑި(ވިސްނުން)، ބާރުވެރިކުރުވަން ފަރިތަކުރާށެވެ". ނިޔާވި ވަކީލުގެ ޓްވިޓަރ އެކައުންޓުން މިއަދު ހެނދުނު ކޮށްފައިވާ، ދެވަނައަށް އެންމެފަހު ޓްވީޓުގައި ވެއެވެ.

ނިޔާވި ވަކީލު މިއަދު ކޮށްފައިވާ ޓްވީޓް

މިރޭ ނިޔާވެދިޔަ ވަކީލަކީ، ރޭގެ ވަގުތެއްގައި މީޑިއާއިން ރިޕޯޓުކޮށްފައިވާ، ބްލެކްމެއިލް މައްސަލައާއި ގުޅުންހުރި ވަކީލު ނޫންކަމުގައި މި ނޫހަށް ކަށަވަރު ކުރެވިފައިވެއެވެ. ނިޔާވި ވަކީލުގެ އަތްބެއްގެ އިތުރުން އަންހެން ދަރިފުޅަކުވެސް ހުރެއެވެ.