-
-
ލިވަޕޫލްގެ ދިގު އިންތިޒާރު ނިމުމަކަށް

ލިވަޕޫލްގެ ދިގު އިންތިޒާރު ނިމުމަކަށް

30 އަހަރުގެ ދިގު އިންތިޒާރަކަށް ފަހު ، އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ލިވަޕޫލް ހޯދައިފި އެވެ.

ADS BY FENVARU

ލިވަޕޫލަށް ލީގު ޗެމްޕިއަންކަން ލިބުނީ ރޭގައި އިނގިރޭސި ޕްރިމިއަރ ލީގުގައި ޗެލްސީ އަތުން މެންޗެސްޓަރ ސިޓީ ބަލިވުމާއި ގުޅިގެންނެވެ.

ލީގުގައި ކޮންމެ ޓީމެއް 31 މެޗު ކުޅުނު އިރު ، ލިވަޕޫލް ވަނީ 86 ޕޮއިންޓް ހޯދާފައެވެ. ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އަށް ލިބިފައި ވަނީ 63 ޕޮއިންޓް އެވެ. ކުރިޔަށް ބާކީ އޮތް 7 މެޗުން ސިޓީ މޮޅުވިޔަސް ސިޓީ އަށް ލިބޭނީ 64 ޕޮއިންޓް އެވެ.

ރޭ ޗެލްސީ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަަމަ ގޯލް ޖެހީ ފުރަތަަމަ ހާފުގެ 36 ވަނަ މިނެޓުގައި ޗެލްސީގެ ކްރިސްޓިއަން ޕުލިސިޗް އެވެ. ސިޓީ އިން އެއްވަރު ކުރީ ފަހު ހާފުގައެވެ. މި ލަނޑު ޖަހައިދިނީ 55 ވަނަ މިނެޓުގައި ކެވިން ޑިބްރޫން އެވެ.  ޗެލްސީ މޮޅުވި ގޯލަކީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ވިލިއަމް ޖަހައިދިން ގޯލެކެވެ. މިއީ 76 ވަނަ މިނެޓުގައި ސިޓީގެ ފާނަންޑިނިއޯ ޕެނަލްޓީ އޭރިޔާތެރޭގައި ބޯޅައިގައި ގަސްދުގައި އަތްލުމުން ލިބުނު ޕެނަލްޓީއެކެވެ. ރެފްރީ ވަނީ އޭނާއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފައެވެ.

ލިވަޕޫލް އެންމެ ފަހުން ލީގު ޗެމްޕިއަންކަން ހޯދީ 1990 ވަނަ އަހަރު އެވެ. މިއީ އިނގިރޭސި ޕްރިމިއަރ ލީގު ޗެމްޕިއަންކަން ލިވަޕޫލް ހޯދި 19 ވަނަ ފަހަރެވެ. އިނގިރޭސި ޕްރިމިއަރ ލީގު ޗެމްޕިއަންކަން އެންމެ ގިނައިން ހޯދާފައިވާ މެންޗެސްޓަރ ޔުނައިޓެޑް ވަނީ 20 ފަހަރު ހޯދާފައެވެ.