-
-
ފޭސްބުކާ ގުޅުންހުރި ގިނަ ސޯޝަލްމީޑިޔާތައް ބޯއިކޮޓް ކޮށްލައިފި

ފޭސްބުކާ ގުޅުންހުރި ގިނަ ސޯޝަލްމީޑިޔާތައް ބޯއިކޮޓް ކޮށްލައިފި

ވައިބާއިން ފޭސްބުކް، އިންސްޓާގްރާމް، އަދި ވަޓްސްއަޕް ފަދަ ސޯޝަލް އެޕްލިކޭޝަންތައް ބޯއިކޮޓް ކޮށްފިއެވެ.  އަދި ފޭސްބުކް ނެޓްވޯކްތަކުގައި އިސްތިހާރުކުރުންވެސް ވަނީ ހުއްޓާލާފައެވެ.

ADS BY FENVARU

ޓްރަމްޕްއަށް ކެމްޕެއިންކޮށް ނަސްލީ ތަފާތުކުރުމާއި، ނަފްރަތާއި އަނިޔާވެރިކަމުގެ ލިޔުންތައް ފޭސްބުކްގައި އިތުރުވަމުންދާތީ، ނަސޭހަތްތެރިވުމުންވެސް އެކަން ނުހުއްޓުވުނެވެ. އެހެންކަމުން ވައިބާއިން ނިންމީ ފޭސްބުކް ފަދަ އެޕްލިކޭޝަންތައް ބޯއިކޮޓް ކުރުމަށް ކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ. މިފަދަ ލިޔުންތަކާހެދި ގިނަ ވިޔަފާރިވެރިންނާއި ފިލްމީތަރިންވެސް އަދި އެހެނިހެން ފަންނާނުންވެސް ދަނީ ފޭސްބުކް ދޫކޮށްލަމުންނެވެ.

ފޭސްބުކް ދޫކޮށްލުމަށް ގިނައަދަދެއްގެ މީހުން އަންނަނީ ގޮވަމުންނެވެ. މިގޮވުމަށް އިޖާބަދީ ފޭސްބުކަށް އިޝްތިހާރުދިނުން ހުއްޓާލަންވެސް ގޮވަމުން އެބަދެއެވެ.

ބައެއް ކުންފުނިތަކުން ފޭސްބުކުގައި އިސްތިހާރުކުރުން ހުއްޓާލާފައިވާއިރު އަނެއްބައި ކުންފުނިތަކުން ބުނަމުންދަނީ ފޭސްބުކްއަށް ލިބޭ ގެއްލުމުން އެކުންފުނިތަކަށްވެސް ލިބޭ ގެއްލުން ބޮޑުވާނެތީ އިޝްތިހާރު ދިނުން ހުއްޓާނުލެވޭނެކަމުގައެވެ.

(ދަ ގާޑިޔަން)