-
-
އަނެއްކާވެސް "ގިވް އަވޭ" އެއް، މިފަހަރު 15000 ރުފިޔާ! 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު މަމްދޫހާ ރައީސް ޞާލިޙާއި އެކު / ފޮޓޯ: ރާއްޖެ އެމްވީ

އަނެއްކާވެސް "ގިވް އަވޭ" އެއް، މިފަހަރު 15000 ރުފިޔާ!

ފިޓްފާޒިލްގެ "ގިވް އަވޭ" ގެ ހައްގުވެރިފަރާތް "ޢާއިޝަތު ޝަރުމީލާ" ހޯދުމަށް މަޖްލީހުގެ ރައީސަށް ސިޓީ ފޮނުވިފައިވާ ހިސާބަށް ގޮސްފައިވަނިކޮށް، އަނެއްކާވެސް "ގިވް އަވޭ" އެއް ހުށައެޅިއްޖެއެވެ.

ADS BY FENVARU

މިފަހަރުގެ "ގިވް އަވޭ" އަކީ، ހުޅުމާލޭ ސަރަހައްދުގައި އޮތް ސަފާރީއެއްގައި ހިނގައިދިޔަ "ރޭޕް" ކޭސް އާއި ގުޅިގެން ހުށައެޅުނު ގިވް އަވޭ އެކެވެ. ސިޔާސީ ޕާރޓީ އެމްޑީއެންގެ ޑެޕިއުޓީ ލީޑަރެއްގެ މަގާމު އަދާކުރަށްވަމުންދާ ޢާއިޝަތު މަމްދޫޙާ މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި؛ "މި އަންހެން މީހާގެ ލައިވް އިންޓަރވިއު އެއް ހޯދަދިން ނޫސްވެރިޔަކަށް، 15000 ރުފިޔާގެ އިނާމެއް އަޅުގަނޑު ދޭނަން" ގިވް އަވޭ ހުޅުވާލަމުން ހާމަކޮށްފައިވެއެވެ.

މަމްދޫޙާގެ ޕޯސްޓް

ރޭގެ އިރާކޮޅުގެ ވަގުތެއްގައި ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، އިއްޔަގެ ފަތިހު 5:00 ހާއިރު އެއިދާރާއަށް ހުށައެޅުނު ޖިންސީ ގޯނާގެ މައްސަލައާއި ގުޅިގެން، ޢުމުރުން 39 އަހަރުގެ ދިވެހި ދެ ފިރިހެނުން، "ކުށުގެ ވެށިން" ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވެއެވެ.

އެހެންނަމަވެސް މިއަދު ފުލުހުން ހާމަކުރެއްވީ، ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއްނެތުމުން އެ ދެމީހުން ދޫކޮށްލެވިފައި ވާކަމަށެވެ. ރޭޕްގެ މިމައްސަލައާއި ގުޅިގެން ހައްޔަރުކުރެވުނު ދެ މީހުން 24 ގަޑިއުރުވެސް ނުވަނީސް، ބަންދުގެ މުއްދަތަށްވެސް ނުގެންގޮސް ދޫކޮށްލާފައިވާކަމަށް ފުލުހުން ހާމަކުރުމާއި ގުޅިގެން، އާންމުންގެ އިތުރުން މީޑިއާތަކުގެ ފާޑުކިޔުންތަކާއި ތަފާތު ތުހުމަތުތަށް ފުލުހުންނަށް އަމާޒުވެގެން ދިޔައެވެ.

މިއަދުގެ ހަވީރުގެ ވަގުތެއްގައި އަނެއްކާވެސް ފުލުހުންމިވަނީ، މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ދޫކޮށްލެވުނު ކަމުގައި ވީނަމަވެސް، މައްސަލަ ތަހްގީގު ކުރެވެމުންދާކަމާއި އިތުރު މައުލޫމާތު ހާމަ ކުރަށްވަމުން ގެންދަވާނެކަމަށް ބުނެފައެވެ.