-
-
ކިނޮޅަހާއި ދުވާފަރާ ދެމެދު އެކުވެރިކަމުގެ ވޮލީ މެޗެއް ކުޅެފި ކިނޮޅަހު ވޮލީ ޓީމާއި ދުވާފަރު ވޮލީ ޓީމް. | ފޮޓޯ : މުޙައްމަދު ޠާހިރު

ކިނޮޅަހާއި ދުވާފަރާ ދެމެދު އެކުވެރިކަމުގެ ވޮލީ މެޗެއް ކުޅެފި

މާޅޮސްމަޑުލު އުތުރުބުރީގައި ކިނޮޅަހު ވޮލީބޯޅަ ޓީމާއި ރ. ދުވާފަރު ވޮލީ ޓީމަކާއި ދެމެދު އެކުވެރިކަމުގެ ވޮލީ މެޗެއް ކުޅެފި އެވެ.

ADS BY FENVARU

މިއަދު ހަވީރު ކިނޮޅަހު ވޮލީ ކޯޓުގައި ކުޅުނު މި މެޗު 3 ސެޓް 1 ސެޓުން މެޗު ކާމިޔާބު ކުރީ ދުވާފަރު ވޮލީ ޓީމެވެ.

މެޗުގެ ފުރަތަަމަ ސެޓު ކިނޮޅަސް ޓީމު ކާމިޔާބުކުރީ 25-19 އިންނެވެ. މެޗުގެ ދެވަނަ ސެޓާއި ތިން ވަނަ ސެޓު ދުވާފަރު ޓީމު ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު އެވެ. ދެވަނަ ސެޓު ، 25-23 އިން ކާމިޔާބުކުރި އިރު ، ތިން ވަނަ ސެޓު ކާމިޔާބު ކުރީ 25-22 އިންނެވެ.

މެޗު ގެ ފަހު ސެޓު ދުވާފަރު ޓީމު ކާމިޔާބުކުރީ ފަސޭހަ ކަމާއެކު ، 25-16 އިންނެވެ.

ދުވާފަރާއި ކިނޮޅަހަކީ އެކުވެރިކަމުގެ މެޗު ތައް ގިނަ ޢަދަދަކަށް ކުޅޭ ދެރަށެވެ.