-
-
ފޮޓޯގައިވަނީ ރައީސް ޞާލިޙެއް ނޫން، ލިޔުން ނަގައިދީ: ހޫދު ރައީސް ޞާލިޙް ކަމަށްބުނެ ދައުރުވަމުންދާ ފޮޓޯ / ފޮޓޯ:ސޯޝަލް މީޑިއާ

ފޮޓޯގައިވަނީ ރައީސް ޞާލިޙެއް ނޫން، ލިޔުން ނަގައިދީ: ހޫދު

ސޯޝަލް މީޑިއާގެ އިތުރުން ބައެއް ރެޖިސްޓަރޑް މީޑިއާތަކުންވެސް އިއްޔަގެ ވަގުތެއްގައި ރިޕޯޓުކޮށްފައިވާ، އެމްޑީޕީގެ ބައެއް މަޖްލިސް މެމްބަރުންނާއިއެކު ރައީޞް ޞާލިޙް އާއި ރައީސް ނަޝީދު ރިސޯޓެއްގައި "މަޖާ" ކުރަމުން ދާކަމަށްބުނެ ފެތުރުނު ފޮޓޯގައިވަނީ ރައީސް ޞާލިޙް ނޫންކަމަށާއި، އެއީ ރައީސް ޞާލިޙްކަމަށް ދޭހަވާގޮތައް ދިޔަރެސް ނޫހުގައި ލިޔެވައިވާ ޚަބަރު ނަގައިދިނުމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހޫދު ދިޔަރެސް ނޫހުގެ ކިބައިން އެދިވަޑައިގެންފިއެވެ.

ADS BY FENVARU

މިއަދުގެ ވަގުތެއްގައި ހޫދޫ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ، އެ ފޮޓޯގައިވަނީ ރައީސް ޞާލިޙް ނޫންކަމަށް ރައީސް އޮފީހުގެ ފަރާތުން ރަސްމީކޮށް ބުނެފައި ވީނަމަވެސް، އެ ފޮޓޯގައި ވަނީ ރައީސް ޞާލިޙްކަމަށް ދޭހަވާގޮތަށް ދިޔަރެސް ނޫހުން ކުރިން ލިޔެފައިވާ ލިޔުން އަދިވެސް ނަގާފައި ނުުވާތީވެ އެކަމާއި ކަންބޮޑުވެ ވަޑައިގަންނަވާކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހޫދުގެ ކަންބޮޑުވުމަށް ޖަވާބުދާރީވަމުން ދިޔަރެސް ނޫހުން އަޒާން ހާމަކޮށްފައިވަނީ، ރައީސް އޮފީހުން އެ ޚަބަރު ދޮގުކުރުމާއިއެކު ވަގުތުން އެހެން ލިޔުމެއްގައި އެކަން ބަޔާންކޮށްފައި ވާނެކަމަށެވެ. ދިޔަރެސް އަޒާނުގެ ވާހަކައާއި ވިއްްދައި ތަރުޖަމާނު ހޫދު ވިދާޅުވީ، އެހެންވިޔަސް ކުރީގެ ލިޔުން އަދިވެސް އެބައިންކަމަށާއި، އެދެމުން މިދަނީ އެލިޔުން ނެގުމަށް ކަމުގައެވެ. ޖަވާބުގައި ދިޔަަރެސް ނޫހުން އަޒާނު ކުރި އިތުރު ޓްވީޓެއްގައި ބުނެފައިވަނީ، ކުރީގެ ލިޔުމަށްވެސް ނޯޓެއް އިތުރުކޮށްފައި ވާނެކަމަށާއި މުޅި ލިޔުން ނެގެން ނެތްކަމުގައެވެ.

އިއްޔަގެ ވަގުތެއްގައި މީޑިއާގައި ތިލަވި މި ފޮޓޯގައިވަނީ ރައީސް ޞާލިޙް ނޫންކަމަށް ރައީސް އޮފީހުން ރަސްމީކޮށް ހާމަކޮށްފައި ވީނަމަވެސް، ސޯޝަލް މީޑިއާގައި އަދިވެސް އެ ފޮޓޯއާއިމެދު ބަހުސްތައް ކުރެވެމުން ދެއެވެ. އެއްބަޔަކު ބުނަމުން ގެންދަނީ އެއީ ކެރަފާ ނަސީމް ކަމަށެވެ. ނަމަވެސް އަނެއްބަޔަކު ބުނަމުން ގެންދަނީ އެއީ ރައީސް ޞާލިޙް ކަމުގައެވެ. އެ ފޮޓޯ ހަމަލޮލުން ބަލާލުމުން އެކަނި، އެއްވެސް ބުނުމެއް ކަށަވަރު ކުރެވިދާނެ ވަރަށްވުރެ، ފޮޓޯ ނެގިފައިވަނީ ދުރުން ފުރަގަހަށް ވާގޮތައްކަން ފާހަގަ ކޮށްލެވެއެވެ.

މި ތުހުމަތުތަކާއި ގުޅިގެން، ރައީސް ނަޝީދު މިހާތަނައް އަދި އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.