-
-
ޢަރަބި ވެރިމީހާއިން ފެށިގެން ރައްޔިތު މީހާއާ ހަމައަށް ރާއްޖޭގެ ވާހަކަ ގެންގޮސްދީފާނަން: ޝަހީމް ޢަރަބް އިސްލާމީ ދުނިޔެއިން ބޭއްވުނު ޙަރަކާތެއްގައި ޑރ. ޝަހީމް ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: ޝަހީމް ފޭސް ބުކް

ޢަރަބި ވެރިމީހާއިން ފެށިގެން ރައްޔިތު މީހާއާ ހަމައަށް ރާއްޖޭގެ ވާހަކަ ގެންގޮސްދީފާނަން: ޝަހީމް

ޢަރަބް ވެރިމީހާއިންފެށިގެން ރައްޔިތު މީހާއާއި ހަމައަށްވެސް ދިވެހިންނާއި ދިވެހިރާއްޖޭގެ ވާހަކަ އަހަރުމެން ގެންގޮސްދީފާނަން ކަމުގައި ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

ADS BY FENVARU

އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އޮފީހުގެ އިސް މަގާމެއް އަދާކުރަށްވަމުން ގެންދަވާ ޝަހީމް މިފަދައިން މިއަދު ވިދާޅުވިނަމަވެސް އެކަމުގެ ތަފްސީލެއް ދެއްވާފައެއް ނުވެއެވެ. ޝަހީމުގެ ބަސްފުޅުގެ ތަފްސީލާއި ގުޅޭގޮތުން އެމަނިކުފާނު ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ބަސްފުޅުގެ މާނަ، 14 ޖުލައި 2020 ވަނަ ދުވަހު ތަފްސީލު ކޮށްދެއްވާނެ ކަމުގައެވެ. އެހެން ނަމަވެސް އެއްޔަކީ ސިޔާސީ ވާހަކަފުޅެއް ނޫންކަމުގައި އެމަނިކުފާނު ހާމަކޮށްފައި ވެއެވެ.

އޯއައިސީ ނުވަތަ މުސްލިމު ގައުމުތައް ގުޅިގެން އުފައްދާފައިވާ ޖަމިއްޔާގެ ބައްދަލުވުމެއް، ޖުލައި 20-21 އަށް ތާވަލު ކުރެވިފައި ވެއެވެ. މި ބައްދަލުވުމަކީ އެޖަމިއްޔާގެ ގުނަވަނެއް ކަމުގައިވާ، އިންޑިޕެންޑެންޓް ޕާރމަނަންޓް ހިއުމަން ރައިޓްސް ކޮމިޝަނު (އައިޕީއެޗްސީ) ގެ 7 ވަނަ އަހަރީ ބައްދަލުވުމެވެ. އެހެންކަމުން ބޮޑަށް ލަފާކުރެވެނީ ޝަހީމު އެ އިޝާރާތް ކުރެއްވީ މި ބައްދަލުވުމަށް ކަމުގައެވެ.

މިމަހުގެ 24 ވަނަ ދުވަހުގައި ރާއްޖޭގެ ކެބިނެޓުން ވަނީ، އިންސާނީ ޙައްޤުތަކާއި ބެހޭ "މުހިންމު" ބައިނަލް އަގުވާމީ ދެ މުޢާހަދާއެއް ރާއްޖޭގެ ފަރާތުން ތަސްދީޤުކުރެއްވުމަށް ނިންމަވާފައެވެ. 2011 ވަނަ އަހަރުގައި ރާއްޖޭގެ ފަރާތުން ސޮއިކޮށް އަދި މިހާތަނަށް ތަސްދީގު ކޮށްފައިނުވާ، "އޮޕްޝަނަލް ޕްރޮޓޮކޯލް ޓޮ ދި އިންޓަރނޭޝަލް ކޮންވެންޓް ޓު ދަ އިކޮނޮމިކް ސޯޝަލް އެންޑް ކަލްޗުރަލް ރައިޓްސް" މުޢާހަދާއަކީ މީގެ ތެރެއިން އެއް މުޢާހަދާއެވެ.

"އިންސާނީ ޙައްޤު" ތަކަށް މަސައްކަތް ކުރަމުންދާ އެކި ޖަމާއަތްތަކުގެ ބޮޑެތި ކެމްޕޭނުތަކާއި އެކުވެސް، މުޅި ދުނިޔެއިންވެސް މިހާތަނަށް އެންމެ 24 ގައުމަކުން ތަސްދީޤުކޮށްފައިވާ މި މުޢާހަދާ، ދުނިޔޭގެ މުސްލިމު އެއްވެސް ޤައުމަކުން ބަލައިގަނެފައެއް ނުވެއެވެ. އަދި ދެކުނު އޭސިއާގެ އެއްވެސް ގައުމެއްވެސް މެއެވެ.

ދިވެހިރާއްޖޭގެ ފަރާތުން ތަސްދީޤު ކުރުމަށް ނިންމާފައިވާ "އޯޕީއައިއީއެސްސީއާރ" މުޢާހަދާ ތަސްދީގުވެގެން ދިއުމާއިއެކު، ބައިނަލް އަގުވާމީ ގޮތުން އިންސާނީ ހައްގުތަކޭ މިކިޔޭ އެންމެހައި ކަންކަންވެސް، ދީނެއް މިއްލަތެއް އަދި އަންހެނެއް ފިރިހެނެއްވެސް އެއްވެސް މިންވަރަކަށް ތަފާތުކުރުމެއްނެތި، އެކަންކަން ބޭނުންވާ ކޮންމެ ދިވެއްސަކަށް ލިއްބައި ދިނުމަށް ދައުލަތުގެ މައްޗަށް "ގާނޫނީ" ގޮތުން މަޖުބޫރުވާނެއެވެ. އަދި އެކަމަށް ހުރަސްއަޅައިފިނަމަ، ބައިނަލް އަގުވާމީ ގުނަވަންތަކުގެ އިތުރުން ކާފަރު ގައުމުތަކުގެ ކޯޓުތަކަށް، މި މުސްލިމް ދައުލަތާއި ދެކޮޅަށް މައްސަލަ ހުށައެޅުމުގެ ފުރުސަތުވެސް ދިވެހި ވަކިވަކި ފަރުދުންނަށް ފަހިވެގެން ދާނެއެވެ.

މި މުޢާހަދާއިން ކަށަވަރުކޮށްދީފައިވާ، އިންސާނީ ހައްގުގެ ގޮތުގައި ޝަރްޢުންނާއި ޢަޤްލުންވެސް (ދީނީ ގޮތުންނާއި ބުއްދީގެ ހަމައިން) ބަލައިގަނެވޭ ހައްގުތައްކަމުގައިވާ، ތައުލީމާއި ސިއްހަތާއި މަސައްކަތް ކުރުމާއި ސަގާފީ ހަރަކާތްތައް ހިންގުމާއި ބައިވެރިވުމަކީ، އަންހެނެއް ފިރިހެނެއް ތަފާތު ކުރުމެއްނެތި މިހާރުވެސް ރާއްޖޭގައި ލިއްބައި ދީފައިވާ ހައްގުތައް ކަމުގައިވާއިރު، މި މުޢާހަދާގައި ބައިވެރިވެގެން އިތުރަށް ހޯދަން މިއުޅެނީ "އެލްޖީބީޓީ" އެއްޖިންސުން ގުޅުންހިންގުމާއި، އަދި "ފްރީޑަމްއޮފް ރިލިޖަން" ބޭނުން ދީނަކަށް އުޅުންފަދަ ހައްގުތައްތޯ، ތަންދޮރުދަންނަ ގިނަ ފަރާތްތަކުން ގެންދަނީ ސަރުކާރާއި ސުވާލު ކުރަމުންނެވެ.