-
-
ދުވާފަރާއި މާކުރަތުން ނެގި ސާމްޕަލް ނެގެޓިވް ދުވާފަރުން ސާމްޕަލް ނެގި ޓީމް | ފޮޓޯ: ދުވާފަރު ހެލްތު ސެންޓަރ ޕޭޖް

ދުވާފަރާއި މާކުރަތުން ނެގި ސާމްޕަލް ނެގެޓިވް

ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން ޓެސްޓް ކުރަން ސާމްޕަލް ނެގި ރ.މާކުރަތު މީހާ އާއި ރ.ދުވާފަރުން ޓެސްޓް ކުރި މީހުންގެ ނަތީޖާ ނެގެޓިވް ވެއްޖެއެވެ.

ADS BY FENVARU

ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން މާކުރަތު މީހެއްގެ ޓެސްޓު ކުރަން ސާމްޕަލް ނަގާފައިވަނީ މި ހިނގާ ޖޫން މަހުގެ 24 ވީ ބުދަދުވަހު އެވެ. ޓެސްޓް ނަތީޖާ ނެގެޓިވްވި މީހާ ވަނީ 14 ދުވަހަށް ކަރަންޓީނުކޮށްފައިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ދުވާފަރުން ކޮވިޑް-19 އަށް ޓެސްޓް ކޮށްފައިވަނީ 10 ޖޫން 2020 ވަނަ ދުވަހު ސްރީލަންކާއިން ދުވާފަރަށް އައި 4 ފަރާތެއްގެ ހޯމް ކަރަންޓީންގެ 14 ދުވަހުގެ މުއްދަތު ފުރިހަމަވުމަށްފަހުކަމަށެވެ. މި 4 މީހުން ޓެސްޓް ކޮށްފައިވަނީ މި ހިނގާ ޖޫން މަހުގެ 25 ވީ ބުރާސްފަތި ދުވަހުއެވެ.