-
-
ކޮބައިތޯ ނުފޫޒު ގަދަ ފަރާތް؟ ހާމަ ކުރަންޖެހޭ! ނާދިރާ ރައީސް ޞާލިހާއި އަދި ނާއިބު ރައީސް ފައިޞަލާއެކު ނާދިރާ / ފޮޓޯ: ނާދިރާ ޓްވިޓަރ

ކޮބައިތޯ ނުފޫޒު ގަދަ ފަރާތް؟ ހާމަ ކުރަންޖެހޭ! ނާދިރާ

ހުޅުމާލޭ ސަރަހައްދު ސަފާރީއެއްގައި ޒުވާން ބިދޭސީ އަންހެނަކު "ރޭޕް" ކުރި މައްސަލައިގެ ބޮޑެތި ކަނބޮޑުވުންތަކެއް މީޑިއާއަކުން ތިލަ ކޮށްލުމާއި ގުޅިގެން މުޅި ގައުމުގެ ކުދިބޮޑު އެންމެންވެސް އެކަމަށް ފާޑުކިޔައި ނުރުހުން ފާޅުކުރަމުންދާއިރު، ރޭޕުގެ މައްސަލައަށް ނުފޫޒު ފޯރުވާފައިވާ "ނުފޫޒް ގަދަ" ފަރާތް ހާމަކުރުމަށް އެމްއާރއެމްގެ ލީޑަރޝިޕްގެ އިސްފަރާތެއްކަަމުގައިވާ އާމިނަތު ނާދީރާ ގޮވާލަށްވައިފިއެވެ.

ADS BY FENVARU

"ނުފޫޒު ގަދަ ފަރާތް ހާމަކޮށްލަން ޖެހޭ. ކޮބައިތޯ ނުފޫޒުގަދަ ފަރާތް؟" ޖެންޑަރ މިނިސްޓްރީގެ އިސް މަގާމުތަކެއްވެސް ކުރިން އަދާކޮށްފައިވާ ނާދިރާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވެއެވެ.

ރޭޕްގެ ވިކްޓިމް އާއި ހަވާލާދީ މެންދުރު އޮންލައިން ގައި؛ "ދެ ފިރިހެނަކު ވަރަށް ބޮޑަށް މަސްތުވެގެން އައިސް ގައިގައި އަތްލައި ވިކްޓިމްއާއެކު ގަދަކަމުން ނެށުމުގެ މަސައްކަތް ކުރިއެވެ. އެމީހުންނާއެކު ނެށުމަށް ދެކޮޅު ހެދުމުން ”ވީ އަރ ދަ އޯރނާރސް އޮފް ދަ ބޯޓް، އެންޑް ވީއަރ ވެރީ ޕޮލިޓިކަލީ ޕަވަރފުލް ޕީޕަލް“ ކަމަށް ބުނެ އަނެއްކާވެސް ގައިގެ އެތަން މިތަނުގައި އަތްލައި ގައިގޯޅިވާން ފެށިއެވެ." ހާދިސާ ހިނގިގޮތް ތަފްސީލުކުރަމުން ބަޔާން ކޮށްފައިވެއެވެ.

ތުހުމަތު ކުރެވެނު ދެމީހުން ކުށުގެ ވެށިން ހައްޔަރު ކުރުމަށްފަހުގައި ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށް ގެންދިއުމަށްފަހު ކަންތައް ވެގެންދިޔަގޮތް، ޝިކާރައަކަށްވީ ބިދޭސީ ޒުވާނާއާއި ހަވާލާދީ؛ "ޜޭޕް ވިކްޓިމް، ކިޓް އަދި ސާމްޕަލް ނުނަގަންތޯއާއި ހޮސްޕިޓަލަށް ނުގެންދޭތޯ އެހުމުން ފަހުން ސާމްޕަލް ނަގާނެ ކަމަށާ މިހާރު ރަންގަޅުވާނީ ގެއަށް ދިޔުން ކަމަށާއި، އަދި ވަރަށް ސިއްރުން އެ ފުލުސް މީހާ ބުނީ ރޭޕް ކުރި ދެމީހުންނަކީ މިގައުމުގެ ސަރުކާރުގައި ވަރަށް ބާރު ގަދަ ”ރޯޔަލް ފެމިލީ“ ބައެއްކަމަށާއި އަދި އެއިގެ ތެރެއިން އެކަކީ ޕްރެޒިޑެންޓްގެ ރިލޭޓިވްއެއް ކަމަށާއި، ޕޮލިސް ހެޑް އޮފީހުން އެމީހުން ދޫކޮށްލާށާއި އަދި ރޭޕް ވިކްޓިމް ގެއަށް ފޮނުވާލަން އެތައް ކޯލެއް އައިސްފިކަމަށާއި ސީދާ ވަރަށް މަތިން ފޯންކޯލް އައިކަމަށް ބުންޔެވެ." މެންދުރު އޮންލައިން ނޫހުގައި ބަޔާން ކޮށްފައިވެއެވެ.

މިސަރުކާރުގެ ކޯލިޝަން ބައިވެރިއެއްގެ ގޮތުގައި ހިމެނޭ އެމްއާރއެމްގެވެސް އިސްފަރާތެއްކަމުގައިވާ ނާދިރާ އިތުރަށް ވިދާޅުވެފައިވަނީ، ފުލުހުންނަށް ޣައިރު ޤާނޫނީ އަމުރުކުރި ފަރާތް ތަހްގީގުކުރުމާއިއެކު، އިންސާފު ހޯދައިދޭންވީ އަނިޔާ ލިބުނު ފަރާތަށްކަމުގައެވެ.

ނާދިރާ ކުރެއްވި ޓްވީޓް

 

ރޭޕްގެ މިމައްސަލައާއި ގުޅިގެން މިހާތަނަށްވެސް ކަންތައް ހިނގާފައިވާކަމަށް ކުރެވޭ ބޮޑެތި ތުހުމަތުތަކާއި ގުޅިގެން މުޅި ގައުމު "ކެކި" އަރައި ދާއިރު، ރައްޔިތުންގެ މަޖްލީހުގެ ދެ ކޮމިޓީއެއްގައި މިމައްސަލަ މިހާރުވަނީ އެޖެންޑާ ކުރެވިފައެވެ. ފުލުހުންގެ އިހުމާލެއްވޭތޯ ބެލުމުގައި އިންޓަގްރިޓީ ކޮމިޝަނުން ކުރަމުންދާ މަސައްކަތްތައް ބެލުމަށް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގައި މައްސަލަ އެޖެންޑާ ކުރެވިފައިވާއިރު، މަޖްލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގައިވެސް މިމައްސަލަ ބެލުމަށް އެޖެންޑާ ކުރެވިފައި ވެއެވެ. އަދި މީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނުންވެސް މިހާރު މިމައްސަލަ ބަލަންފަށާފައި ވެއެވެ.