-
-
ބަންދުގައި ބަހައްޓާނެ ތަނެއް ނެތްކަމަށް ކަނޑައެޅި އޮފިސަރު ޖަވާބުދާރީ ކުރުވަންޖެހޭ: ހައިލަމް ކުރީގެ އިސް ޤާޟީ އަޙްމަދު ހައިލަމް / ފޮޓޯ: ސަން ފަޔާޒް މޫސާ

ބަންދުގައި ބަހައްޓާނެ ތަނެއް ނެތްކަމަށް ކަނޑައެޅި އޮފިސަރު ޖަވާބުދާރީ ކުރުވަންޖެހޭ: ހައިލަމް

ހުޅުމާލޭ ސަރަހައްދުގައި އޮތް ސަފާރީއެއްގެ ތެރޭގައި ހިނގައިދިޔަ ރޭޕްގެ ހާދިސާއާއި ގުޅިގެން ހައްޔަރު ކުރެވުނު ދެ މީހުން ބައްދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތްކަމަށްބުނެ ދޫކޮށްލި މައްސަލާގައި، އެގޮތަށް ކަނޑައެޅި ފުލުސް އޮފިސަރު ޖަވާބުދާރީ ކުރުވަން ޖެހޭނެނެކަމުގައި، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަޙްމަދު ޙައިލަމް ވިދާޅުވެއްޖެއެވެ.

ADS BY FENVARU

ރޭޕްގެ ޝިކާރައަކަށްވީ ބިދޭސީ އަންހެން މީހާއާއި ހަވާލާދެވި މީޑިއާއަކުން ފެންމަތި ކުރި ބޮޑެތި ތުހުމަތުތަކަކާއި ގުޅިގެން ޙައިލަމް ކުރަށްވާފައިވާ ޓްވީޓުގައި؛ "ރޭޕް ކުރި މީހުން ހައްޔަރު ކުރެވުނީ ކުށުގެ ވެށިން. ތުހުމަތު ކުރެވޭ ފަރާތާ ދެކޮޅަށް އެވަގުތު ވިކްޓިމް ހެކިބަސްދިން...ރޭޕްގެ ކުރުން 15-20 އަހަރު. ރޭޕްކުރަން އުޅުން 7-10 އަހަރު" އިތުރަށް ވިދާޅުވެފައިވެއެވެ.

ރޭޕްގެ މި ހާދިސާއާއި ގުޅިގެން ކުށުގެ ވެށިން ހައްޔަރު ކުރެވުނު ދެ މީހުންވެސް 24 ގަޑިއިރުވެސް ނުވަނީސް ދޫކޮށްލާފައި ވަނިކޮށް، އަދި އެ ހާދިސާއަކީ ރޭޕް ކޭސްއެއް ނޫންކަމަށް އިއްޔަ ފުލުހުން ހާމަކޮށްފައި ވަނިކޮށް، ރޭޕްގެ ޝިކާރައަކަށްވީ ބިދޭސީ އަންހެން މީހާއާއި ހަވާލާދެވި މީޑިއާއަކުން ފެންމަތި ކުރި ބޮޑެތި ތުހުމަތުތަކަކާއި ގުޅިގެން، މިސަރުކާރަށް ފާޑުކިޔުންތައް އަމާޒުވެ ގިނަބައެެއްގެ ނުރުހުމާއި ކަންބޮޑުވުން ސަރުކާރާއި ދެކޮޅަށް ފާޅުކުރަމުން ދާކަން ފާހަގަަކުރެވެއެވެ.

ރައްޔިތުންގެ ޕްރެސަރާއިހުރެ، މި މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖްލީހުގެ ދެ ކޮމިޓީއަކަށް އެޖެންޑާ ކުރެވިފައި ވީނަމަވެސް، އެކަމަށްވެސް ފާޑުކިޔައި ރައްޔިތުން ބުނަމުން ގެންދަނީ، ހުޅުމާލޭގެ ރޭޕްގެ މައްްސަލާގައި މިހާތަނަށް މައްސަލަ ގޮސްފައިވާ ގޮތާއި ނުފޫޒު ފޯރުވުނު ކަމަށް ބެލެވޭ މިންވަރުގެ ބޮޑުކަމުން، އެ މައްސަލަ މަޖްލީހުގެ ކޮމިޓީއަކުން ތަހްގީގުކޮށްގެން އިންސާފު ލިބިދާނެކަމަށް ގަބޫލު ނުކުރެވޭ ކަމުގައެވެ. މިނިވަން ފަރާތްތަކެއް ހިމެނިގެން ހުޅުވާލެވިފައިވާ ތަހްގީގެއް ހިންގުމަށްވެސް ގިނަ ރައްްޔިތުންތަކެއް ސަރުކާރަށް ގޮވާލަމުން ގެންދާކަންވެސް ފާހަގަ ކުރެވެއެވެ.