-
-
ފައިދާހުރިކަމެއް. އަވަހަށް ފަށަމާ!

ފައިދާހުރިކަމެއް. އަވަހަށް ފަށަމާ!

ގޭތެރޭގައި އަދި އޮފީހުގެ ކެބިންތެރޭގައި ގަސްބެހެއްޓުމަކީ މިހާރުގެ ޓްރެންޑަކަށް ވަނީ ވެފައެވެ. ގިނަމީހުން މިގޮތަށް ގަސް ހައްދަނީ ރީއްޗަކަށެވެ. އެހެން ނަމަވެސް މިގަސްތަކުން ހީނުކުރާ ފަދަ ގިނަ ފައިދާ ލިބެއެވެ.

ADS BY FENVARU

އޭގެތެރޭގައި ވައިސާފުކުރުމާއި، ޑިޕްރެޝަނާއި ދުރުވުން ހިމެނެއެވެ. އޮފީސެތެރޭގައި ބުރަކޮށް އުޅޭއިރު މޭޒުމަތީ ބަހައްޓާފައި ހުންނަ ގަހަށް ބަލާލުމުން ހަށިގަނޑަށް ލިބިފަ ހުންނަ ވަރުބަލިކަން އިހުސާސްނުކުރެވެއެވެ. ހިތްހަމަޖެހުމެއް ލިއްބައިދެއެވެ. ގޭތެރޭގައި ގަސް ހެއްދުމުން ވައިގެ ތެރޭގައި ހުންނަ ޖަރާސީމުތަކާއި ވިހަގޭސްތައް ނައްތާލައެވެ. ރޯގާތަކާއި ބަލިމަޑުކަމުން ދުރުކޮސްދެއެވެ. އެންމެ ބޮޑުކަމަކަށް ގޭތެރޭގައި ގަހެއް ބެހެއޓުމުން އެކަނިވެރިކަން ފިލައިދެއެވެ. މީހާ ޑިޕްރެޝަނުން ސަލާމަތްކޮށްދެއެވެ.

ބައެއް ކަހަލަ ގަސްތަކަކީ އިންސާނުން ނޭވާލާން ބޭނުންވާ އޮކްސިޖަން ގިނައަދަދަކަށް އުފައްދާ ގަސްތަކެވެ. ގޭތެރޭގައި ކާބަންޑައި އޮކްސައިޑް މަދުވެފައި އޮކްސިޖަން ގިނަވީ ވަރަކަށް ގޭތެރޭ ވައި ސާފުވެއެވެ.

ގޭތެރޭގައި ވައި ސާފުކޮށްދިނުމުގެ ގޮތުން ހެއްދިދާނެ ބައެއް ގަސްތަކުގެ ތެރޭގައި:

ސްނޭކް ޕްލާންޓް

 

Care of Snake Plants: Information On Growing Snake Plant

މިއީ ބަލާލަން ރީތި، މާބޮޑު އަޅާލުމެއް އަދި ގިނައިން ފެންދިނުމެއްނެތި ހެއްދިދާނެ ގަހެކެވެ. ގަސް ބަހައްޓަން ބޮޑަށް ރަނގަޅީ ގަދަ އަލި ލިބޭނެ ތަނެއްގައިއެވެ. ނަމަވެސް އަލިމަޑު ތަނެއްގައިވެސް މިގަސް ހެދޭނެއެވެ.

ޕޯތޯސް

 

Pothos Gold Ivy - Urban Garden Center

މިގަހަކީ ވެލަށް ވާގޮތަށް ދެމިގެންދާ ގަހެކެވެ. މިގަސް 10 ފޫޓަށްވުރެ ދިގުކޮށްވެސް ދެމެއެވެ. މިގަހަކީވެސް ހައްދަން ފަސޭހަ ގަހެކެވެ.

ރަބަރ ޓްރީ

 

Why Is My Rubber Plant Losing Leaves? - Smart Garden Guide     މިގަހަކީ މާބޮޑު އަޅާލުމެއްނެތި ހައްދަން ފަސޭހަ ގަހެކެވެ. ގަހަށް އެންމެ ރަގަނޅު މާހައުލެއް  ދޭނަމަ އެންމެ ރަގަނޅުވާނީ ގަދަ އަލި ލިބޭ، ވަށައިގެން އެކަށީގެންވާ ޖާގަ އޮންނަ ތަނެކެވެ. މިގަހުން ގޭތެރެއިން ކާބަންޑައި އޮކްސައިޑް މަދުކޮށް ނެތިކޮށްދެއެވެ.

ސްޕައިޑާ ޕްލާންޓް

 

Spider Plant Optional Hanging Kokedama Planter | Etsy     މިގަހަކީ ގަދަ އަލި ބޭނުންވާ ގަހެކެވެ. ނަމަވެސް ސީދާ އިރުގެ އަލިކަން ކޮންމެހެން ބޭނުމެއް ނުވާނެއެވެ. މިގަހަކީ ވަރަށް ބޮޑަށް ވައިސާފުކޮށްދޭ ގަހެކެވެ.

ބާޑްސް ނެސްޓް ފާން

 

Bungalow Rose Bird Nest Fern Plant in Pot | Wayfair    މިގަހަކީ މެދުމިނުގެ އަލިކަން ހުންނަ ތަންތާގައިވެސް ހެއްދިދާނެ ގަހެކެވެ. ވަށައިގެންވާ  މާހައުލުގެ ވައި ސާފުކޮށްދީ ބަލާލަންވެސް ރީތި ގަހެކެވެ.

ޕީސް ލިލީ

 

How to Grow and Care for Peace Lily Plants | HGTV    މިގަހަކީ ގޭތެރޭގައި ހައްދާ އެހެން ގަސްގަހާ ޚިލާފަށް ވަރަށް ބޮޑަށް އަޅާލުންބޭނުންވާ ގަހެކެވެ. ގަސް ވަށައިގެންވާ ވެލިގަނޑު ތެތްކަން ހުންނަ ވަރަށް، އަދި އަލިގަދަ ތަންކޮޅު ކޮޅަށް ހިޔާދޭހެން ހުންނަންވާނެއެވެ. ގިނަ ގަސްތަކާ ޚިލާފަށް މިގަސް އޮކްސިޖަން އުފައްދަނީ ރޭގަނޑުއެވެ.

ފިލޮޑެންޑްރޮން ގްރީން

 

Philodendron Burle Marx Plant in 6 in. Grower Pot-BrlMrx006 - The ...   ހިތުގެ ސިފައަށް ފަތް ހުންނަ މިގަހަކީ ވެލަށް ދެމޭ ގަހެކެވެ. މިގަހަކީ ބަލަހައްޓަން ފަސޭހަވެފައި އެލުވާ ޕޮޓްތަކުގައި ހެއްދިދާނެ ރީތި ގަހެކެވެ.

އެލޮވޭރާ ޕްލާންޓް

 

Aloe Vera Plant - 4 Years old    މިގަހަކީ ބަލަހައްޓަން ފަސޭހަ، އެތައް ބައްޔެއްގެ ފަރުވާއެއްގެ ގޮތުގައިވެސް ބޭނުންކުރެވޭ ގަހެކެވެ. މިގަސް ބަހައްޓަން ރަނގަޅީ އަލިގަދަ  ތަންތާގައެވެ. މިގަހަކީވެސް އެހާ ގިނައިން ފެންދޭންޖެހޭ ގަހެއް ނޫނެވެ.