-
-
އެފްއޭ ކަޕްގެ ސެމީއަށް ދަތުރުކުރި ޓީމުތައް ކަށަވަރު ވެއްޖެ

އެފްއޭ ކަޕްގެ ސެމީއަށް ދަތުރުކުރި ޓީމުތައް ކަށަވަރު ވެއްޖެ

އިނގިރޭސި ވިލާތުގެ އެންމެ ގިނަ ދުވަސްވީ ފުޓްބޯޅަ މުބާރާތް ކަމަށްވާ އިނގިރޭސި އެފްއޭ ކަޕް ގެ ސެމީ ފައިނަލުގައި ކުޅޭ ޓީމުތައް ކަށަވަރު ވެއްޖެއެވެ.

ADS BY FENVARU

ސެމީ ފައިނަލަށް ދަތުރުކުރި ހަތަރު ޓީމަކީ މެންޗެސްޓަރ ޔުނައިޓެޑް ، އާސެނަލް ، ޗެލްސީ އަދި މެންޗެސްޓަރ ސިޓީ އެވެ.

މެންޗެސްޓަރ ޔުނައިޓެޑް ސެމީ ފައިނަލުން ޖާގަ ހޯދީ  ކުއާޓާ ފައިނަލުގައި ނޮވިޗް ސިޓީ 2-1 އިން ބަލިކޮށްގެންނެވެ. 2-1 އިން ޝެފީލްޑް ޔުނައިޓެޑް ބަލިކޮށް ސެމީގެ ޖާގައެއް އާސެނަލް ހޯދިއިރު ، ޗެލްސީ މޮޅުވީ ލެސްޓަރ ސިޓީ އަތުން 1-0 އިން ނެވެ. ސެމީގެ އެންމެ ފަހު ޖާގަ ސިޓީ ހޯދީ ނިއު ކާސްޓްލް 2-0 އިން ބަލިކޮށްގެންނެވެ.

ސެމީ ފައިނަލުގައި އާސެނަލް ވާދަ ކުރާނީ މެންޗެސްޓަރ ސިޓީ އާ އެވެ. އަދި މެންޗެސްޓަރ ޔުނައިޓެޑް ވާދަ ކުރާނީ ޗެލްސީ އާއެވެ. ސެމީ ފައިނަލް ދެ މެޗު ކުޅޭނީ ޖުލައި މަހުގެ 18 އާއި 19 ވަނަ ދުވަހު ވެމްބްލީގައެވެ.

އެފްއޭ ކަޕް ގެ އެންމެ ކާމިޔާބު ޓީމަކީ 13 ފަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ އާސެނަލް އެވެ. މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ މެންޗެސްޓަރ ސިޓީ އެވެ.