-
-
އާރުތޫ ޔުވެންޓަސް އަށް ބަދަލު ވެއްޖެ

އާރުތޫ ޔުވެންޓަސް އަށް ބަދަލު ވެއްޖެ

ބާސެލޯނާ އަށް ކުޅެމުން އަންނަ ، ބްރެޒިލް ގެ އާރުތޫ ޔުވެންޓަސް އަށް ބަދަލު ވެއްޖެއެވެ.

ADS BY FENVARU

ބޭރުގެ ކުޅިވަރު ރިޕޯޓް ތައް ބުނާ ގޮތުން އާރުތޫ ޔުވެންޓަސް އަށް ބަދަލު ވީ 72 މިލިއަނަށެވެ. އަދި މި ޑީލުގެ ދަށުން ޔުވެންޓަސް  އަށް ކުޅެމުން އަންނަ ބޮސްނިޔާ ގެ މިރަލެމް ޔަނިޗް ވަނީ ބާސެލޯނާ އަށް ބަދަލުވެފައެވެ. ޢުމުރުން 23 އަހަރުގެ އާރުތޫ ބާސެލޯނާ އަށް ބަދަލުވީ 2018 ވަނަ އަހަރުއެވެ. އާރުތޫ ޔުވެންޓަސް އަށް ބަދަލުވީ 2025 ވަނަ އަހަރުގެ ނިޔަލަށެވެ.

ޔޫރަޕުގެ ޓްރާންސްފަރ އެހެން ޚަބަރަކަށް ބަލާއިރު ، ލޯނެއްގެ ދަށުން ރިއާލް މެޑްރިޑުން ބްރޫޝިއާ ޑޯޓްމަންޑަށް އަށް ދޫކޮށްފައިވާ އަޝްރަފް ޙަކީމި ވަނީ 40 މިލިއަނަށް އިޓަލީ ގެ އިންޓަރ މިލާނަށް ބަދަލުވެފައެވެ.

މިދިޔަ އަހަރު ކުޅުން ހުއްޓާލުމަށް އިޢުލާނު ކޮށްފައިވާ ނެދަލޭންޑްސް ގެ އާރެން ރޮބެން ވަނީ އެ ޤައުމުގެ ކްލަބެއް ކަމަށްވާ އެފްސީ ގްރޮނިންގެން އަށް އެއް އަހަރު ދުވަހުގެ މުއްދަތަށް ކުޅުމަށް ސޮއި ކޮށްފައެވެ.