-
-
ޤާނޫނީ ޙުކޫމަތު ނަގަހައްޓަވާ ދަމަހައްޓަވައި ދެއްވާ: ޖޭޕީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ސަރުކާރު ކޯލިޝަނުގެ އެހެން ބައިވެރިންނާއި އަދި ރައީސް ޞާލިޙާއި އެކު / ފޮޓޯ: ޕީއެސްއެމް

ޤާނޫނީ ޙުކޫމަތު ނަގަހައްޓަވާ ދަމަހައްޓަވައި ދެއްވާ: ޖޭޕީ

މިދިޔަ ހުކުރު ދުވަހު ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން ޖުމްހޫރީ ޕާޓީން ދާދި ދެންމެޔަކު ނޫސް ބަޔާނެއްގައި، އެފަދަ ލާއިންސާނީ އަމަލު ހިންގިކަމަށް ބެލެވޭ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރުމަށާއި، އަނިޔާ ލިބުނު ފަރާތަށް ހައްޤު ހޯދައި ދިނުމަށް ޤާނޫނުގެ ހުކޫމަތު ދަމަހައްޓާ ނެގެހެއްޓެވުމަށް ގޮވާލާފައިވެއެވެ.

ADS BY FENVARU

ޖުމްހުރީ ޕާޓީގެ ބަޔާނުގައި އިތުރަށް ހާމަކޮށްފައިވަނީ، ކުށުގެ ވެށިން ދެމީހުން ހައްޔަރު ކުރުމަށްފަހު ފުލުހުން އެމީހުން ދޫކޮށްލުން އެއީ މިރާއްޖޭގައި މިބާވަތުގެ ކުށުގެ އަމަލުތަކަށް މަގުފަހިކޮށްދޭ ކަމެއްގެ ގޮތުގައި އެޕާޓީން ދެކޭ ކަމުގައެވެ. އަދި ޖިންސީ އަނިޔާގެ ޝިކާރަޔަށްވާ މީހުންނަށް އެހެންމީހުންގެ ފުރައްސާރަޔާ ބިރުދެއްކުމާއި، ކުރިމަތިލާން ޖެހުމަކީ އިތުރަށް މިފަދަ އަނިޔާގެ ޝިކާރަޔަށް ހުށަހެޅި ނަފްސާނީގޮތުން އެތައްް އަނިޔާއެއް ތަހައްމަލު ކުރަންޖެހޭނެ ސަބަބެއްކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މިފަހަކަށް އައިސް ރާއްޖޭގައި މިފަދަ ނާތަހުޒީބް  އަމަލުތައް ހިންގުން އާއްމުވެފައިވާ ކަން ފާހަގަކޮށް، މިހިތްދަތި ދަނޑިވަޅު ޤާނޫނު ތަންފީޒު ކޮށް އަދުލު އިންސާފުގެ ހަމަހަމަކަމާއެކު މައްސަލަތައް ތަހުޤީގުކޮށް، ކުށްކުރި ބަޔަކަށް އަދަބު ދިނުމަށް ޖުމްހޫރީ ޕާޓީގެ ބަޔާނުގައި ދައުލަތުގެ ކަމާއިބެހޭ މުއައްސަސާތަކަށް ގޮވާލާފައިވެއެވެ.

ހުޅުމާލޭ ސަރަހައްދުގައިއޮތް ސަފާރީއެއްްގައި ބިދޭސީ އަންހެނަކު "ރޭޕް" ކުރެވި، އެ ހާދިސާއާއި ކުޅިގެން އެފަދަ ކަންކަން ހުއްޓުވުމުގެ އެންމެ މުހިންމު މުއައްސަސާކަމުގައިވާ ފުލުހުންގެ މައްޗަށް، ގާނޫނީ އިމުން ބޭރުން "ނުފޫޒް" ގަދަ ބައެއްގެ އަމުރަތަކެއް އައިސް ނޭދެވޭ ކަންތައްތަކެއް ހިނގާފައިވާ ކަމަށް، މުޅި ގައުމުގެ އެކި ލެވަލްތަކުގެ މީހުންވެސް ތުހުމަތު ކުރަމުން ގެންދިޔަނަމަވެސް ފުލުހުންވަނީ އެތުހުމަތުތައް ދޮގުކޮށް އެއީ "ރޭޕް" ގެ ކޭސްއެއް ނޫންކަމާއި، އެއްވެސް ނުފޫޒެއްނެތި އެމައްސަލަ ތަހްގީގުކޮށް ފިޔަވަޅުއަޅާނެކަމަށް ބުނެފައެވެ. އަދި އިއްޔަގެ ވަގުތެއްގައި ވިކްޓިމް އާއި ހަވާލާދީ އޮންލައިން ނޫހަކުން ހާމަކޮށްފައިވާ އެންމެހައި މައުލޫމާތުތައްވެސް ފުލުހުންވަނީ ދޮގުކޮށްފައެެވެ.