-
-
މާރުކޭޓު ސަރަހައްދުގައި ހިގި ހަމަލާގައި އެތައްބަޔަކު މަރުވެއްޖެ

މާރުކޭޓު ސަރަހައްދުގައި ހިގި ހަމަލާގައި އެތައްބަޔަކު މަރުވެއްޖެ

ހަތިޔާރު އަޅައިގެން ތިބި ހަތަރު މީހަކު، ޕާކިސްތާނުގެ ކަރާޗީގެ މާރުކޭޓު ސަރަހައްދަށް ވަދެ އެތައް ބަޔަކު މަރާލައިފިއެވެ.

ADS BY FENVARU

މިއަދު މިދިން ހަމަލާގައި ހަތަރު ސެކިއުރިޓީންގެ އިތުރުން އާއްމު ރައްޔިތުންނާއި ފުލުހަކުވެސް މިވަނީ މަރާލާފައެވެ. ތިން ފުލުހުންނަށް ސީރިޔަސް އަނިޔާތައް ލިބިފައިވާއިރު ފުލުހުން މިވަނީ ހަމަލާދިން ހަތަރު މީހުންވެސް މަރާލާފައެވެ.

މަންޒަރުދުށް މީހަކު ބުނިގޮތުގައި އެހަތަރުމީހުން ހަތިޔާރު ހިފައިގެން ކާރުން ނުކުތުމަށްފަހު މާރުކޭޓާ ދިމާލަށް ބޮމެއް އެއްލާލިއެވެ. އެޔަށްފަހު ބަޑިޖަހަން ފެށިކަމުގައި ބުނެފައިވެއެވެ. ބަޑިޖަހާ މީހުންތައް މަރަމުން މާރުކޭޓުގެ އެތެރެޔަށް އެމީހުންވަނީ ވަދެފައެވެ.

ޕްރައިވެޓް ބޭންކުތަކުގެ އިތުރުން ގިނަ އޮފީސްތައް ހުންނަ ހިސާބަކަށް ވާތީ، އެހިސާބުގަނޑުގައި ވަރަށް ސެކިއުރިޓީ އޮންނަކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.

ކަރާޗީގެ ފުލުހެއް ކަމަށްވާ ރިޒްވާން އަހުމަދުއާ ހަވާލާދީ އޭޕީ ނިއުސް އެޖެންސީން ބުނާގޮތުގައި މާރުކޭޓަށް ވަންނަމުން އެމީހުން ދިޔައީ ބަޑިޖަހަމުންނެވެ. މާގިނަ އިރެއްނުވެ ފުލުހުންގެ ފޯސް އޮތީ އެސަރަހައްދު ވަށާލާފައެވެ.

(އިންޑިޔަން އެކްސްޕްރެސް)